logoEN
Sto top
ގިނައީ އެއާއެމްބިއުލާންސް ސީޕްލޭން ބޭނުންނުކުރާ ދުވަސްަތައް, އާންމު ދަތުރުތަކަށް ހުއްދަ ދިނީ ހިދުމަތަށް ބުރޫ ނަރާ ނިޒާމެއްގެ ދަށުން!

ގިނައީ އެއާއެމްބިއުލާންސް ސީޕްލޭން ބޭނުންނުކުރާ ދުވަސްަތައް, އާންމު ދަތުރުތަކަށް ހުއްދަ ދިނީ ހިދުމަތަށް ބުރޫ ނަރާ ނިޒާމެއްގެ ދަށުން!

އަހުމަދު ޝުރާއު

logo

8/22/2024, 3:01:23 PM

# މިނިސްޓަރ އަމީން# މޯލްޑިވްސް އެއާއެމްބިއުލާންސް ސާވިސް

--

އެއާއެމްބިއުލާންސް ހިދުމަތުގައި ބޭނުންކުރަމުން އަންނަ ސީއެމްބިއުލާންސް އާންމު ދަތުރުތަކުގައި ބޭނުންކުރުމަށް މޯލްޑިވިއަންއަށް ހުއްދަ ދިނީ ދައުލަތަށް އެ ބޯޓުން ފައިދާ ލިބޭނެ ގޮތަށް ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވިއެވެ.

Wamco

އަމީން މިކަމުގެ ތަފްސީލްތައް ހާމަކުރެއްވީ ސީއެމްބިއުލާންސަށް ޚާއްސަ ކޮށްފައިވާ ބޯޓުގައި ފަތުރުވެރިން އުފުލަމުންދާކަމަށް ބުނެ އިދިކޮޅުން ހަގީގަތާއި ހިލާފު ވާހަކަތަކެއް ފަތުރަމުންދާ ދަނޑިވަޅެއްގައި އެވެ. އެގޮތުން ރޭ ދައުލަތުގެ ޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި އަމީން ވަނީ މިކަމުގެ ތަފްސީލް ހާމަކުރައްވާފައި އެވެ.

އަމީން ވިދާޅުވީ ޑޭޝް-8ގެ މަތިންދާބޯޓާއެކު އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފެށުމުން ކުރިން ބޭނުންކުރަމުންދިޔަ ސީ ޕްލޭންގެ ޑިމާންޑް މުޅިން ދަށްވެފައިވެފައިވާ ކަމަށެވެ. އެގޮތުން ހިދުމަތުގައި 5 މަސް ވީއިރު، ބައެއް މަސްމަހު އެންމެ ދަތުރެއްވެސް ނުކޮށް އެބޯޓު ބާއްވަން ޖެހޭ ކަމަށާއި މޯލްޑިވިއަންގެ އާއްމު ދަތުރުތަކުގައި އެ ސީ ޕްލޭން ބެނުންކުރުމަށް ހުއްދަ ދޭން ނިންމީވެސް އެއްވެސް ބޭނުމެއް ނުކޮށް އެ އެއަރކްރާފްޓް ބާއްވަންޖެހޭތީ، އެއީ ދައުލަތަށް އެންމެ ފައިދާވާނެ ގޮތަކަށް ނުވާތީކަމަށެވެ. އެގޮތުން މި ނިންމުމުގެ ސަބަބުން މޯލްޑިވިއަންއަށްވެސް މިކަމުން މާލީ ފައިދާ ލިބޭނެކަން އަމީން ފާހަގަކުރެއްވި އެވެ.

އަމީން ވިދާޅުވީ ހުއްދަ ދޭން ރައީސްއަށް ހުށަހެޅުއްވީ އޭނާއާއި ހެލްތް މިނިސްޓަރު ހަލީލް ކަމަށާއި ރައީސަށް އެކަމުގެ ތަފާސްހިސާބުތަކާއި އެކުގައި ކަމަށެވެ. އެގޮތުން ރައީސް އެކަމަށް ހުއްދަ ދެއްވީ ޓެކްނިކަލީ ބެލުމަށްފަހު ޚިދުމަތަށް ބުރުލެއް ނާރާގޮތަށް މެޑިކަލް އިވެކުއޭޝަންއެއް ކުރިމަތިވެ ސީޕްލޭން ބޭނުންކުރާ ޙާލަތަށް އަޔަސް، އޭގައި ދަތިކަމެއް ނާންނާނެ ނިޒާމެއްގެ ތެރެއިން ކަމަށެވެ.

އެއާއެމްބިއުލާންސް ހިދުމަތަށް ރައީސް ޚާއްސަ އިސްކަމެއް ދެއްވާކަން ފާހަގަކުރައްވައި އަމީން ވަނީ މި ނިންމުމުގެ ސަބަބުން އެއާއެމްބިއުލާންސްގެ ހިދުމަތަށް އެއެްވެސް ބުރޫއެއް ނާރާނެ ކަމުގެ ޔަގީންކަން ދެއްވާފައި އެވެ.

އަމީންގެ ވާހަކަތުގެ އަސްލު އޮޅޭގޮތަށް ބައެއް މީޑިއާތަކުން ފަތުރަމުންދާތީ އަމީން މިއަދު ވަނީ އެކަން ކުށްވެރިކުރައްވާފައި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅާއި އެއްގޮތަށް ރާއްޖޭގައި އެއަރ އެމްބިއުލާންސް ފެށީ މަރޗް މަހުގެ 1 ވަނަ ދުވަހުއެވެ. މި ޚިދުމަތުގައި މޯލްޑިވިއަންގެ ޑޭޝް-8 މަރުކާރުގެ މަތިންދާ ބޯޓެއްގެ އިތުރުން ސީޕްލޭންއެއް ކަނޑައެޅިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC