logoEN
Sto top
ހިރިލަންދޫ ބިން ހިއްކުމުގެ މަޝްރޫއު ނިމިއްޖެ

ހިރިލަންދޫ ބިން ހިއްކުމުގެ މަޝްރޫއު ނިމިއްޖެ

އަހުމަދު ޝުރާއު

logo

3/18/2025, 9:03:23 AM

# އެމްޓީސީސީ

--

ތ ހިރިލަންދޫ ބިންހިއްކުމުގެ މަޝްރޫއު ނިމިފައިވާ ކަމަށް އެމަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ހާމަކޮށްފި އެވެ.

Wamco

އެމްޓީސީސީން އިއްޔެ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ހިރިލަންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔާތް ކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އެގޮތުން މަސައްކަތް ނިންމާލާފައިވަނި ޕްރޮޖެކްޓު އެކުންފުންޏާއި ހަވާލުކުރި ގޮތަށް ކުރަން ޖެހޭ ހުރިހާ ކަމެއް ފުރިހަމަ ކުރުމަށްފަހުގައި ކަމަށް އެމްޓީސީސީން ހާމަކުރެއެވެ.

އެމްޓީސީސީން ކުރިޔަށް ގެންދިޔަ ހިރިލަންދޫ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން، 25 ހެކްޓަރުގެ ބިން ހިއްކުމާއި 1080 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 80 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމުގެ މަސައްކަތް ވަނީ ކޮށްފައި އެވެ.

ތ. ހިރިލަންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަކީ 105.19 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside