logoEN
Sto top
ޓްރަމްޕުގެ ފުރިހަމަ ތާއީދާއިއެކު އިޒްރޭލުން ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއްދީ ގިނަ އަދެއްގެ ކުޑަކުދިން ހިމެނޭހެން 300 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފި

ޓްރަމްޕުގެ ފުރިހަމަ ތާއީދާއިއެކު އިޒްރޭލުން ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއްދީ ގިނަ އަދެއްގެ ކުޑަކުދިން ހިމެނޭހެން 300 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފި

އަހުމަދު ޝުރާއު

logo

3/18/2025, 7:50:55 AM

# ޣައްޒާ

-

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ފުރިހަމަ ތާއީދާއިއެކު އިޒްރޭލުން ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއްދީ ގިނަ އަދެއްގެ ކުޑަކުދިން ހިމެނޭހެން 300 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފި އެވެ.

Wamco

ރިޕޯޓުތައް ބުނާގޮތުގައި އިޒްރޭލުން ރޭ ކުއްްލި ގޮތަކަށް ޣައްޒާއަށް ދޭން ފެށި ހަމަލާތައް ހުއްޓުމަކަށް އައީ މިއަދު ފަތިހު އެވެ. އެގޮތުން މި ހަމަލާތަކުގައި ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު 326 އަށްވުރެ މަތި ކަމަށް ރިޕޯޓުތައް ބުނެއެވެ. ޔަހޫދީން ދިން މި ހަމަލާތަކުގައި ގިނަ އަދަދެއްގެ ކުޑަކުދިން ވަނީ ޝަހީދުވެފައި އެވެ. ނަމަވެސް ޝަހީދުވި ކުދިންގެ ސީދާ އަދަދެއް އަދި ކަށަވަރުވެފައި ނުވެއެވެ. މި ހަމަލާތަށް އެންމެ ވަރުގަދަ އަށް ދީފައިވަނީ ޣައްޒާގެ އުތުރުގެ ސަރަހައްދުތަކުގައި އެވެ. އެގޮތުން އެސަރަހައްދުން އެކަނިވެސް 200 އެއްހާ މީހުން ޝަހީދުވެފައިވާ ކަމަށް ރިޕޯޓުތައް ދަނީ ބުނަމުންނެވެ.

ހަމަލާތަކާއި އެކު އިޒްރޭލުން ވަނީ ޣައްޒާގެ ބައެއް ސަރަހައްދުތަށް ހުސްކުރަންވެސް އަންގާފައި އެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނާގޮތުގައިވާ، ހަނގުރާމަ ހުއްޓާލުމުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅަން އެއްބަސްވުމަށް ހަމާސް އިން ދެކޮޅު ހެދުމުން ހަމާސްއާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅުމަށް އަސްކަރިއްޔާއަށް އަންގާފައިވާ ކަމަށެވެ. އިޒްރޭލުގެ ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިވަގުތުން ފެށިގެން ހަމާސްއާ ދެކޮޅަށް އިޒްރޭލުން ފިޔަވަޅު އަޅާނީ އަސްކަރީ ބާރު އިތުރުކޮށްގެން ކަމަށެވެ. އިޒްރޭލުގެ އަސްކަރިއްޔާއިން ޓެލެގްރާމްގައި ބުނެފައިވަނީ ހަމާސް އަށް ނިސްބަތްވާ ޓެރަރިސްޓް އަމާޒުތަކަށް ބޮޑެތި ހަމަލާތަކެއް ދެމުން އަންނަ ކަމަށެވެ.

މި ހަމަލާތަކާއި އެކު އިޒްރޭލުން މިވަނީ ހަމާސްއާއި އެކު ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި ހިލާފުވެފައި އެވެ. އަދި އިޒްރޭލުން ކުއްލި ގޮތަކަށް މިފަދަ ބޮޑު ހަމަލާތަކެއް ދޭން ފަށާފައިވަނީ އެމެރިކާގެ ރައީސް ޓްރަމްޕުގެ ފުރިހަމަ ތާއީދާއި އެކުގައި ކަމަށް ޔަހޫދީ ބައެއް މީޑިއާތަކުން އަންނަނީ ރިޕޯޓުކޮށްފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside