
މިއަދުގެ މިވަގުތާއި ހަމައަށް ޣައްޒާއިން 44 މީހަކު ޝަހީދުކޮށްލައިފި: ކުޑަކުދިންތަކެއްވެސް ހިމެނޭ!
# ޣައްޒާޔަހޫދީން ހުއްޓުމެއްނެތި ޣައްޒާއަށް ދެމުންދާ ހަމަލާތަކުގެ ތެރެއިން މިއަދުގެ ފަތިހުން ފެށިގެން ދެމުންދާ ހަމަލާތަކުގައި ޣައްޒާއިން 40 އަށްވުރެ ގިނަ މީހުން ޝަހީދުވެއްޖެ އެވެ.

ޣައްޒާގެ ސިއްހީ ވުޒާރާއާއި ހަވާލާދީ ބޭރުގެ ރިޕޯޓުތައް ބުނާގޮތުގައި މިއަދުގެ މިވަގުތާއި ހަމައަށް ޣައްޒާއަށް ދިން ހަމަލާތަކުގައި 44 މީހަކު ވަނީ ޝަހީދުކޮށްލާފައި އެވެ. އަދި ހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދުވެސް 100 އާއި ގާތްކޮށްފައެވެ.
އެގޮތުން ޖަބާލިއާގައި ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅެމުންދިޔަ ރެސިޑެންޝިއަލް ސަރަހައްދަކަށް ދިން ވައިގެ ހަމަލާއެއްގައި އެއް އާއިލާގެ 10 މީހަކު ވަނީ ޝަހީދުކޮށްލާފައި އެވެ އެވެ. ޖަބަލިއާގެ އެހެން ގެއަކަށް ވެސް ވައިގެ ހަމަލާއެއް ދީ، އެއް އާއިލާއެއްގެ އަށް މީހަކު ޝަހީދުކޮށްލާފައި ވެއެވެ.ހުޅަނގު ޚާން ޔުނިސް ސިޓީގެ ޓެންޓް ޝެލްޓަރަކަށް ދިން ވައިގެ ހަމަލާގައި ކުޑަ އަންހެނުން ކުއްޖަކު މިއަދު ހެނދު ވަނީ ޝަހީދުވެފައި އެވެ.
މީގެ އިތުރުން މިއަދު މެންދުރު ޚާން ޔުނިސްގެ އަލް ސަތާރު އަލް ގަރްބީ ސަރަހައްދުގެ ގެއަކަށް ބޮން އެޅުމުގެ ސަބަބުން ވެސް އަށް މީހަކު ޝަހީދުވެފައިވާއިރު ޣައްޒާ ސިޓީގެ މެދުތެރޭގެ އަލްޣަފާރީ ޖަންކްޝަނަށް އިސްރާއީލުން ދިން ޑްރޯން ހަމަލާއެއްގައި ފަލަސްތީނުގެ 4 ކުޑަކުދިންނާއެކު ނުވަ މީހަކު ޝަހީދުވެފައިވާ ކަމަށް އަލްޖަޒީރާ އަރަބިކްއިން ވަނީ ރިޕޯޓުކޮށްފައި އެވެ.
ގުޅުންހުރި

ޣައްޒާގެ ފުލުހުންގެ މައި މަރުކަޒަށް ޔަހޫދީން ބޮން އަޅައިފި: 3 ފުލުހަކު ހިމެނޭހެން 7 މީހަކު ޝަހީދުވެއްޖެ

މިއަދުގެ މިވަގުތާއި ހަމައަށް އެކަނިވެސް ޣައްޒާއިން 12 މީހަކު ޝަހީދުކޮށްލައިފި

ސުލްހައިގެ ކަންފުޅެއްވެސް ނެތް ނަތަންޔާހޫ ޣައްޒާ ސުލްހައިގެ ބޯޑަށް!

.gif&w=3840&q=75)



