
ސޭފް ޒޯނެއްގެ ގޮތުގައި ކަނޑައަޅާފައިވާ އަލް މަސާވީގެ ޓެންޓަކަށް ބޮން އަޅައި 5 މީހަކު ޝަހީދުކޮށްލައިފި، ކުޑަކުއްޖަކު ހިމެނޭ!
# ޣައްޒާޣައްޒާގެ ސޭފް ޒޯނެއްގެ ގޮތުގައި އިޒްރޭލުންވެސް ކަނޑައަޅާފައިވާ އަލް މަސާވީގެ ރެފިއުޖީ ޓެންޓުތަކަށް ޔަހޫދީން ބޮން އަޅައިފި އެވެ.

އަލް ޖަޒީރާއިން ރިޕޯޓުކުރާ ގޮތުގައި ޣައްޒާގެ ދެކުނުގައި ވާ ޚާން ޔޫނުސްގެ ހުޅަނގު އުތުރުން އޮންނަ އަލްމަވާސީ ސަރަހައްދުގައި ފަލަސްތީނުގެ ގެދޮރު ގެއްލިފައިވާ އެތައް ބަޔަކު ހިޔާވަހިކަށް ހޯދަމުންދާ ޓެންޓަކަށް އިސްރާއީލު ސިފައިން ދިން ހަމަލާއެއްގައި ފަސް މީހަކު ޝަހީދުވެ، އެތައް ބަޔަކު ވަނީ ޒަހަމްވެފައިވައި އެވެ.
މި ހަމަލާއާއި ގުޅިގެން ޒަހަމްވި ގިނަ ބަޔަކު މިހާރު ހޮސްޕިޓަލުތަކަށް ގެންދިޔުމުގެ މަސައްކަތް ކުރަނުންދާއިރު ޓެންޓުތަކުގައި ވަރަށް ބޮޑަށް އަލިފާންވެސް ރޯވެފައި ވެއެވެ.
ޣައްޒާގެ ހަބަރުތައް ގެނެސްދޭ ގުދުސް ނިއުސް ނެޓްވޯކުން ބުނާގޮތުގައި މި ހަމަލާގައި ކުޑަކުއްޖަކުވެސް ވަނީ ޝަހީދުވެފައި އެވެ.
ޔަހޫދީން ހުއްޓުމެއްނެތި ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިއަދު ގިނަ ބަޔަކު ޝަހީދުވެފައިވާ އިރު 18 މަސްދުވަހީ ގަތުލުއާންމުގައި ޖުމުލަ ޝަހީދުވި މީހުންގެ އަދަދު މިހާރު ވަނީ 52,365 އަށް އަރާފައި އެވެ.
ގުޅުންހުރި

މިއަދުގެ މިވަގުތާއި ހަމައަށް ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު 51 އަށް!

އެހީ ހޯދަން އެއްވެ ތިބި ފަލަސްތީނު ރައްޔިތުންގެ ގަޔަށް ޔަހޫދީން ބަޑިޖަހައި 13 މީހަކު ޝަހީދުކޮށްލައިިފި

ޣައްޒާއަށް އެހީ ހިފައިގެން ދަތުރުކުރަމުންދާ "މެޑްލީން" ހުއްޓުވަން އިސްރާއީލު އަސްކަރިއްޔާއަށް އަމުރުކޮށްފި
