ޣައްޒާގައި ހަރަކާތްތެރިވަމުންދިޔަ އިޒްރޭލުގެ ދެ ސިފައިން މަރާލައިފި އެވެ.

ޣައްޒާގެ ހަބަރުތައް ގެނެސްދޭ ގުދުސް ނިއުސް ނެޓްވޯކުން ރިޕޯޓުކުރާ ގޮތުގައި އިޒްރޭލުގެ ދެ ސިފައިން މަރާލާފައިވަނީ ޔަހޫދީން ސިފައިން ޣައްޒާގެ ސިޓީގެ އިރުމަތީގައި އޮންނަ ޝުޖާއްޔާ އަވަށުގައި ހިންގި އޮޕަރޭޝަނެއްގެ ތެރޭގައި އެވެ.
މިކަން ކަށަވަރުކޮށްދެމުން އިޒްރޭލު އަސްކަރިއްޔާއިން މިރޭ ބުނީ ޝުޖާއްޔާ އަވަށުގައި އިއްޔެ ފަލަސްޠީނުގެ ހަނގުރާމަވެރިންނާ ދެމެދު ހިނގި ވަރުގަދަ ކުރިމަތިލުންތަކުގައި އިޒްރޭލުގެ ދެސިފައިން މަރުވެ އިތުރު ތިން މީހަކު ޒަހަމްވެފައިވާ ކަމަށެވެ.
ޣައްޒާގެ ހަބަރުތައް ގެނެސްދޭ ބައެއް ފަރާތްތަކުން ބުނާގޮތުގައި ޔަހޫދީ ސިފައިންނަށް ކުއްލި ހަމަލާތަކެއް އިއްޔެ ދިނީ ހަމާސްގެ ހަނގުރާމަވެރިންތަކެކެވެ. މި ހަމަލާއާއި ގުޅިގެން ހަމާސްއިން އަދި މިހާތަނަށް ސީދާ ބަހެއް ބުނެފައި ނުވެއެވެ.
ޔަހޫދީން ޣައްޒާގައި ހިންގަމުންދާ ގުތުލުއާންމުގައި މިހާތަނަށް 51،700 އަށްވުރެ ގިނަ މުސްލިމުން ޝަހީދުކޮށްލާފައިވެއެވެ. އަދި މި ހަނގުރާމާގައި މިހާތަނަށް މަރުވި ޔަހުދީ ސިފައިންގެ އަދަދު އުޅެނީ 1,139 ގައި އެވެ.
ގުޅުންހުރި

ޣައްޒާގެ ފުލުހުންގެ މައި މަރުކަޒަށް ޔަހޫދީން ބޮން އަޅައިފި: 3 ފުލުހަކު ހިމެނޭހެން 7 މީހަކު ޝަހީދުވެއްޖެ

މިއަދުގެ މިވަގުތާއި ހަމައަށް އެކަނިވެސް ޣައްޒާއިން 12 މީހަކު ޝަހީދުކޮށްލައިފި

ސުލްހައިގެ ކަންފުޅެއްވެސް ނެތް ނަތަންޔާހޫ ޣައްޒާ ސުލްހައިގެ ބޯޑަށް!





