
ވިޔަފާރި އުސޫލުން ދަނޑުވެރިކަން ކުރާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލަނީ
# ދަނޑުވެރިކަމާއި ބެހޭ ވުޒާރާ--
ރާއްޖޭގައި ވިޔަފާރި އުސޫލުން ދަނޑުވެރިކަމުގައި ހަރަކާތްތެރިވެ އުޅޭ ފަރާތްތައް ދެނެގަތުމަށްޓަކައި ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ދަފްތަރެއް އެކުލަވާލުމަށް ނިންމައިފި އެވެ.

މި ދަފްތަރާއި ގުޅޭގޮތުން އެވުޒާރާއިން ބުނީ ދަފްތަރު އެކުލަވާލުމަށް މަޢުލޫމާތު ނެގުމަށް ހަމަޖެހިފައިވަނީ މިވަގުތު ދަނޑުވެރިކަމުގައި (ވިޔަފާރި އުސޫލުން ދަނޑުހައްދާ ފަރާތްތައް، ވިޔަފާރި އުސޫލުން ކުދިޖަނަވާރު އަދި ކުކުޅު ގެންގުޅޭ ފަރާތްތައް، ވިޔަފާރި އުސޫލުން ގަސް ހައްދާ ވިއްކާފަރާތްތައްް) ހަރަކާތްތެރިވާ ފަރާތްތައް އަދި ވިޔަފާރި އުސޫލުން މިމަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކާއި އެކުގައި ކަމަށެވެ.
ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ އަދި ހަރަކާތްތެރިވުމަށް ޝައުޤުވެރިވާ ފަރާތްތައް 10 އޭޕްރީލް 2025 ވަނަ ދުވަހުގެ ކުރިން އެ ވުޒާރާގެ މެއިލްއަށްް [email protected] ފޯމު ހުށަހަޅައިދެއްވުމަށް އެވުޒާރާއިން އެދެއެވެ. މި ދަފްތަރުގައި މިވަގުތު މީހުން ދިރިއުޅޭ ރަށްތަކުގައި ދަނޑުވެރިކަން ކުރަމުން އަންނަ އަމިއްލަ ފަރުދުން ހިމެނިވަޑައެއް ނުގަންނަވާނެ އެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ އެ ވުޒާރާގެ އީމެއިލް އެޑްރެސް [email protected] އަށް މެއިލްކުރެއްވުމަށް ވަނީ އެދިފައި އެވެ.
ގުޅުންހުރި

މަޝްރޫޢުތަކުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ޝާމިލް ކުރުމުން އިތުރު ފުރިހަމަކަމެއް ލިބޭނެ - މާރިޔާ

ވިޔަފާރި އުސޫލުން ދަނޑުވެރިކަން ކުރާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލަނީ

ވަޒީރު މާރިޔާ ދަތުރުވެރިންގެ މާރުކޭޓަށް!
