
ބިންވެރިޔާ ސްކީމާ ގުޅޭ ގޮތުން އެޗްޑީސީން އޮޑިޓެއްކޮށް ފާހަގަވި މައްސަލަތައް ފުލުހުންނަށް ހުށަހަޅައިފި
# އެޗްޑީސީ--
ބިންވެރިޔާ ސްކީމާ ގުޅޭ ގޮތުން އެޗްޑީސީން އޮޑިޓެއްކޮށް ފާހަގަވި މައްސަލަތައް ފުލުހުންނަށް ހުށަހަޅައިފި އެވެ.

އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދިވެހި ސަރުކާރުން ހިންގެވި 'ބިންވެރިޔާ' ސްކީމުގެ ދަށުން ހުޅުމާލެ އިން ދޫކޮށްފައިވާ ބިންތަކުގެ އިމާރާތްކުރުމުގެ ހުއްދައަށް އެދޭ އިރު އެއްބިމަކަށް އެއް ފަރާތަށް ވުރެ ގިނަ ފަރާތްތަކުން ޢިމާރާތްކުރުމުގެ ހުއްދައަށް އެދި އެ ކޯޕަރޭޝަނަށް ހުށަހަޅަމުންދާތީ، އެކަން އެ ކޯޕަރޭޝަނުގެ ސަމާލުކަމަށް އައިސް، އެކަން އިތުރަށް ބަލައި އެކަމާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ.
މި ގޮތުން 'ބިންވެރިޔާ' ސްކީމްގެ ދަށުން ހުޅުމާލެއިން ދޫކުރެވުނު ބިންތަކާއި ގުޅޭގޮތުން ޚާއްޞަ އޮޑިޓެއްކޮށް، އެ އޮޑިޓުން، 'ބިންވެރިޔާ' ސްކީމާ ގުޅޭ މިފަދަ އިތުރު މައްސަލަތަކެއް ފާހަގަވެފައިވާތީ، އެ މައްސަލަތައް އިތުރަށް ތަޙްޤީޤު ކުރުމަށްޓަކައި، ދިވެހި ފުލުހުންގެ ޚިދުމަތަށް އެ ކޯޕަރޭޝަންގެ ފަރާތުން ހުށަހަޅާފައިވާކަން އެޗްޑީސީގެ ބަޔާނުގައި ބުނެފައި ވެއެވެ.
އަދި ކުރިއަށްއޮތް ތަނުގައިވެސް، މިފަދަ ކަންކަން ބަލައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެ ކޯޕަރޭޝަނުގެ ފަރާތުން އަޅަމުން ގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ވަނީ އަރުވާފައި އެވެ.
އެޗްޑީސީން އިތުރަށް ބުނެފައިވަނީ އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަނީ، ރައްޔިތުންގެ ލާބައާއި މަންފާއަށް އަދި ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ނަޒާޙަތްތެރިކަމާއެކު އެންމެ ފުރިހަމައަށް ފޯރުކޮށް ދިނުމަށް ކަމަށެވެ.
ގުޅުންހުރި

ބިންވެރިޔާ ސްކީމާ ގުޅޭ ގޮތުން އެޗްޑީސީން އޮޑިޓެއްކޮށް ފާހަގަވި މައްސަލަތައް ފުލުހުންނަށް ހުށަހަޅައިފި

ނޯޓިސް ހަމަވިއިރުވެސް ޕްރޮޖެކްޓު ނުނިންމުމުން އެޗްޑީސީން ޖާހު އެއްބަސްވުން ބާތިލްކޮށް ތަން ހަވާލުކުރަން އަންގައިފި

އެޗްޑީސީން ސީލައިފް އެއްބަސްވުން ބާތިލުކުރީ ރަނގަޅަށް - ސިވިލް ކޯޓު
