logoEN
Sto top
އަމާޒަކީ ރާއްޖެ އަކީ މަތީ ތަޢުލީމު އެކްސްޕޯޓް ކުރާ ޤައުމަކަށް ހެދުން - ހައިދަރު

އަމާޒަކީ ރާއްޖެ އަކީ މަތީ ތަޢުލީމު އެކްސްޕޯޓް ކުރާ ޤައުމަކަށް ހެދުން - ހައިދަރު

އަހުމަދު ޝުރާއު

logo

3/17/2025, 10:27:02 AM

# މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީ ކުރުމާއި ބެހޭ ވުޒާރާ

--

ދިވެހިރާއްޖެ އަކީ މަތީ ތަޢުލީމު އެކްސްޕޯޓްކުރާ ޤައުމަކަށް ހެދުމަކީ މުޙިއްމު ކަމެއްކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވަޒީރު، ޑރ. ޢަލީ ހައިދަރު ވިދާޅުވެއްޖެ އެވެ.

Wamco

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ އެމްއެމް ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ކުރެވުނު ސުވާލަށް ޖަވާބުދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މަތީ ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް ކުރުމަށް ބުޒާރާގެ ފަރާތުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކާއި ގުޅޭގޮތުން ކުރެވުނު ސުވާލަށް ޖަވާބުދެއްވައި އެމަނިކުފާނު ވިދާޅުވީ ރާއްޖެ އަކީ ތަޢުލީމު އެކްސްޕޯޓް ކުރާ ޤައުމަކަށް ހެދުމަކީ މުޙިއްމު ކަމެއް ކަމަށާއި މިކަން ހާޞިލުކުރުމަށް އެތަށް މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ.

އެގޮތުން، މަތީ ތަޢުލީމު ފޯރުކޮއްދޭ ޔުނިވާސިޓީ އަދި އިންސްޓިޓިއުޓްތަކާއި ބައްދަލުކޮށް، މަތީ ތަޢުލީމާށް ރާއްޖެ ހުޅުވާލާއިރު، އަޅަންޖެހޭ މުޙިއްމު ފިޔަވަޅުތަކާއި ގުޅޭގޮތުން މަޝްވަރާކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ބޭރުގެ ފަރާތްތަކުން ދިވެހިރާއްޖެއަށް މަތީ ތަޢުލީމު ހާޞިލުކުރުމަށް އައުމަކީ ރާއްޖެއަށް އިތުރު އާމްދަނީއެއް ލިބިގެންދާނެ ކަމެއް. މިއީ ފެށުމަށް ނިންމާފައިވާ ވަރަށް މުޙިއްމު މަސައްކަތެއް" -މިނިސްޓަރ ޑރ. ޢަލީ ހައިދަރު

ރާއްޖޭގައި މިހާރުވެސް ދުނިޔޭގެ ބައެއް ގައުމުތަކުގެ ދަރިވަރުން ތައުލީމް ހާސިލްކުރަމުންދެއެވެ. އެގޮތުން ބޭރުގެ ބައެއް ދަރިވަރުންތައް ރާއްޖޭގައި މަތީ ތައުލީމް ހާސިލްކުރާ ޔުނިވާސިޓީތަކުގެ ތެރޭގައި އެމްއެންޔޫ އާއި ވިލާ ކޮލެޖު ހިމެނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside