logoEN
Sto top
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޣައްޒާއިން 14 މީހަކު ޝަހީދުކޮށްލައިފި

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޣައްޒާއިން 14 މީހަކު ޝަހީދުކޮށްލައިފި

އަހުމަދު ޝުރާއު

logo

3/16/2025, 3:24:15 PM

# ޣައްޒާ

--

ޔަހޫދީން ހުއްޓުމެއްނެތި ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިތުރު 14 މީހަކު ޝަހީދުކޮށްލައިފި އެވެ.

Wamco

ޣައްޒާގައި އިސްރާއީލުން ކުރަމުންދާ ހަނގުރާމައިގައި ޝަހީދުވި މީހުންނާއި ޒަޚަމްވި މީހުންގެ އަދަދާ ބެހޭ ގޮތުން ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން މިއަދު ނެރުނު ރިޕޯޓުގައި ބުނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޝަހީދުވި މީހުންގެ އަދަދު 29 އަށް އަރާފައިވާ ކަމަށެވެ. އޭގެ ތެރެއިން 14 މީހުންނަކީ ޔަހޫދީން އިއްޔެ އާއި މިއަދު ދިން ހަމަލާތކުގައި ޝަހީދުވި މީހުން ކަމަށާއި ބާކީ ތިބި 15 މީހުންނަކީ ޔަހޫދީން ހަމަލާތަކުގައި މީގެ ކުރިން ޝަހީދުކޮށްލާފައިވާ ނަމަވެސް އެމީހުންގެ ހަށިތައް މިއަދު ކަމާބެހޭ ފަރާތްތަކުން ރިކަވާ ކުރި މީހުން ކަމަށެވެ.

މީގެ އިތުރުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިތުރު 51 މީހަކު ވަނީ ޝަހީދުކޮށްލާފައި ކަމަށްވެސް އެވުޒާރާއިން ބުނެއެވެ.

މިއާއެކު އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ދިން ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 48،572 އަށް އަރާފައިވާއިރު، އިތުރު 112،032 މީހުން ވަނީ މުޅި ޖުމުލަ ޒަހަމްވެފައި އެވެ.

އިޒްރޭލުގެ އުދުވާނުގައި ޝަހީދުވި އެތައް ބަޔަކު އަދިވެސް ބިމާ ހަމަވެފައިވާ އިމާރާތްތަކުގެ ދަށުގައި ތިބިއިރު، ޣައްޒާގައި ހުންނަ ސަރުކާރުގެ މީޑިއާ އޮފީހުން ވަނީ ޝަހީދުވި މީހުންގެ އަދަދު 61،000 އަށް ވުރެ މައްޗަށް އަރާކަމަށް ލަފާކޮށްފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside