logoEN
Sto top
ނޯޓިސް ހަމަވިއިރުވެސް ޕްރޮޖެކްޓު ނުނިންމުމުން  އެޗްޑީސީން ޖާހު އެއްބަސްވުން ބާތިލްކޮށް ތަން ހަވާލުކުރަން އަންގައިފި

ނޯޓިސް ހަމަވިއިރުވެސް ޕްރޮޖެކްޓު ނުނިންމުމުން އެޗްޑީސީން ޖާހު އެއްބަސްވުން ބާތިލްކޮށް ތަން ހަވާލުކުރަން އަންގައިފި

އަހުމަދު ޝުރާއު

logo

3/16/2025, 2:39:56 PM

# އެޗްޑީސީ

--

ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުޅުމާލޭގައި 2017 ވަނަ އަހަރު ތަރައްގީކުރަން ފެށި "ދަ ގާޑަންސް" ޕްރޮޖެކްޓް ނިންމަން ދިން ނޯޓިސް ހަމަވުމާއި އެކު އެއްބަސްވުން ބާތިލުކޮށް ތަން ހަވާލުކުރަން އެޗްޑީސީން އަންގައިފި އެވެ.

Wamco

އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުޅުމާލޭގައި 2017 ވަނަ އަހަރު ތަރައްގީކުރަން ފެށި "ދަ ގާޑަންސް" ޕްރޮޖެކްޓް ނިންމުމަށްޓަކައި އެކި ފަހަރު މަތިން އެ ފަރާތަށް އިތުރުކޮށްދެވުނު މުއްދަތުގައި އެފަރާތުން އެ ޕްރޮޖެކްޓް ނިންމާފައި ނުވުމުގެ ސަބަބުން، އެކުންފުނިން ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ ދެމެދު ސޮއިކުރެވިފައިވާ އެއްބަސްވުން ބާޠިލުކުރުމުގެ އެންމެ ފަހު މަރުހަލާގެ ދަށުން ދެވޭ ޤާނޫނީ ނޯޓިސް ދިނުމަށް، ކުންފުނީގެ ބޯޑުން ނިންމައި، އެ ނޯޓިސް 27 ޖަނަވަރީ 2025 ގައި ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ފޮނުވާފައިވާނެ ކަމަށެވެ.

އަދި އެ ނޯޓިސްގައި ބަޔާންކުރާ މުއްދަތު ކަމަށްވާ 45 ދުވަހުގެ ތެރޭގައި ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މި ޕްރޮޖެކްޓްގެ ނުނިމި ހުރި މަސައްކަތްތައް ނުނިންމާ ހާލަތުގައި، މި އެއްބަސްވުން ބާތިލުކޮށް އެ ޕްރޮޖެކްޓް ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ އަތުން ނަގާނެކަން އެފަރާތަށް ވާނީ އަންގާފައި ކަމަށްވެސް އެޗްޑީސީގެ ބަޔާނުގައި ބުނެފައި އެވެ.

އަދި ޖާހުއަށް ދިން މުއްދަތުގެ ތެރޭގައި، އެޗްޑީސީން ފޮނުވާފައިވާ ޤާނޫނީ ނޯޓިސްގައި ބަޔާންކުރެވުނު މުއްދަތުގައި ޖާހުއިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް އިން މި ޕްރޮޖެކްޓުގެ މަސައްކަތް ނިންމާފައި ނުވާތީ، އެފަރާތާއި އެޗްޑީސީއާއި ދެމެދު ވެފައިވާ އެއްބަސްވުން ބާތިލްކޮށް، ތަން ހަވާލުކުރުމަށް މިއަދު އަންގާފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ، އެއްބަސްވުން ބާތިލްކުރުމަށްފަހު ޕްރޮޖެކްޓުގެ މަސައްކަތް ނިންމުމުގެ ކަންކަން ރޭވިފައިވާ ގޮތުގެ މައުލޫމާތު މި ޕްރޮޖެކްޓުން އެޕާޓްމަންޓް ބައްލަވައިގަނެފައިވާ ފަރާތްތަކަށް އެކުންފުނިން އަންގާނެ ކަމަށެވެ.

އަދި މި އެޅި ފިޔަވަޅު އަޅާފައިމިވަނީ ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން އެޕާޓްމަންޓް ގަތުމަށް ފައިސާ ދައްކާފައވާ ފަރާތްތަކަށް، ވީ އެންމެ އަވަސް މުއްދަތެއްގައި، އެޕާޓްމަންޓްތައް ހަވާލުކުރެވޭނެ މަގުފަހިކުރުމުގެ ބޭނުމުގައިކަން ކަމަށްވެސް އެޗްޑީސީން ފާހަގަކުރެއެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside