
--
ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާއި އެކު ހައުސިންގ ޑިވެލޮޕްމެންޓު ކޯޕަރޭޝަން 2014 ވަނަ އަހަރު އެކުލަވާލި އެއްބަސްވުން އެޗްޑީސީން ބާތިލުކުރީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން ކަނޑައަޅައިފި އެވެ.

އެޗްޑީސީން މިއަދު ބުނީ 2014 މާރޗް 13 ވަނަ ދުވަހު އެކޯޕަރޭޝަނާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑް (މީގެފަހުން [ސީލައިފް]) އާއި ދެމެދު ހުޅުމާލޭގައި 3،000 އެޕާޓްމަންޓް ޔުނިޓް އިމާރާތްކުރުމުގެ މަޝްރޫއުގެ އެއްބަސްވުމެއްގައި ސޮއިކުރި ކަމަށާއި ނަމަވެސް ސީލައިފްއިން އެއްބަސްވުމާއި ހިލާފަށް، އެ މަސައްކަތް ކުރިއަށް ނުގެންގޮސް، Credit Suisse ގެ ނަމުގައި ފޯޖްކޮށްފައިވާ ޕަރފޯމަންސް ގެރެންޓީއެއް ހުށަހަޅައި، އަދި އެތަކެއް ދިވެހި ރައްޔިތުންތަކެއްގެ އަތުން ފައިސާ ނަގާފައިވާ މައްސަލާގައި، އެކޯޕަރޭޝަނާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާއި ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުން، 2018 ޑިސެމްބަރ 24 ވަނަ ދުވަހު ބާތިލް ކުރިކަމަށެވެ.
އަދި އެއްބަސްވުން ބާތިލުކުރުމާއި ގުޅިގެން، އެއްބަސްވުން ބާތިލުކޮށްފައިވަނީ އެއްބަސްވުމާއި ޤާނޫނާ ހިލާފަށް ކަމުގައި ކަނޑައަޅައިދިނުމަށް އެދި، ސީލައިފްގެ ފަރާތުން މިކޯޕަރޭޝަނާއި ދެކޮޅަށް ސިވިލް ކޯޓު ހުޅުމާލޭ ޑިވިޜަންއަށް މައްސަލައެއް ހުށަހެޅި ކަމަށާއި އެ މައްސަލައިގެ ތެރެއިން ސީލައިފްގެ ފަރާތުން އެދިފައިވަނީ އެއްބަސްވުން ބާތިލުކުރި ކުރުމާއި ގުޅިގެން އެފަރާތަށް ގެއްލުމުގެ ބަދަލު ދިނުމަށް އެޗްޑީސީގެ މައްޗަށް އަމުރުކުރުމަށް ކަމަށް އެކުންފުނިން ބުނެއެވެ.
މި މައްސަލަ ކޯޓަށް ހުށަހެޅިތާ 7 އަހަރު ފަހުން މިއަދު ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަންއިންވަނީ، ސީލައިފާއި މިކޯޕަރޭޝަނާއި ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުން އެޗްޑީސީން ބާތިލުކޮށްފައިވަނީ ރަނގަޅަށް ކަމުގައި ކަނޑައަޅައި، އެޗްޑީސީއަށް ސީލައިފަށް މިކަމާއި ގުޅިގެން އެއްވެސް ބަދަލެއް ދޭން ނުޖެހޭނެ ކަމުގައި ކަނޑައަޅާފައި އެވެ.
އެޗްޑީސީން މިއަދު ބުނީ ސީލައިފް ޕްރޮޖެކްޓުގެ އިތުރުން، ހުޅުމާލޭގައި ކުރިއަށް ގެންދާ މިފަދަ އެކިއެކި މަޝްރޫއުތަކުގެ އެއްބަސްވުމާއި ހިލާފަށް އަމަލުކުރާ ފަރާތްތަކާއި މެދުގައި އެކުންފުނިން އަޅަންޖެހޭ ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.
ގުޅުންހުރި

ބިންވެރިޔާ ސްކީމާ ގުޅޭ ގޮތުން އެޗްޑީސީން އޮޑިޓެއްކޮށް ފާހަގަވި މައްސަލަތައް ފުލުހުންނަށް ހުށަހަޅައިފި

ނޯޓިސް ހަމަވިއިރުވެސް ޕްރޮޖެކްޓު ނުނިންމުމުން އެޗްޑީސީން ޖާހު އެއްބަސްވުން ބާތިލްކޮށް ތަން ހަވާލުކުރަން އަންގައިފި

އެޗްޑީސީން ސީލައިފް އެއްބަސްވުން ބާތިލުކުރީ ރަނގަޅަށް - ސިވިލް ކޯޓު

އެޗްޑީސީގެ އަވަށްޓެރި ރޯދަ ވީއްލުން މިއަދު ހުޅުމާލެ ނެއިބަހުޑް 1 ގައި!
ފަހުގެ

ހޮނިހިރު ދުވަހުން ފެށިގެން ގޮވާމުން ފިޠުރުޒަކާތް ބަލައިގަންނަން ފަށަނީ

އަލަށް އަޅާ 55 ކައުންސިލް އިދާރާގެ ސިވިލް ވާރކް މަސައްކަތްތައް ޙަވާލުކުރުމަށް ތައްޔާރުވަނީ

ބުޅާތައް އޮޅުހިޔާއަށް ނުގެންގޮސް މަގުމައްޗަށް މަރުވެ ނަޖިސްވަމުން އަންނަކަމަށްބުނެ އާޒިމްގެ ކަންބޮޑުވުން!

މާރުކޭޓެއް ބަލައި ފާސްކޮށް ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިއަ ބިދޭސީއަކު ހައްޔަރަށް!

ކުލަބު ލޯތަރި އަތުން ބަލިވެ ގަބުރު އެފްސީ މުބާރާތުން ކަޓައިިފި
