
--
ގާފު ރެސިޕީ އަކީ ކޮންމެ އަހަރެއްގެ ރަމަޟާން މަހާއި ދިމާކޮށް ގާފު ނޫހުގެ ކިޔުންތެރިންނާއި ހަމައަށް މި ނޫހުގެ ފަރާތުން ގެނެސްދޭ ރެސިޕީއަށް ޚާއްސަ ސެގްމެންޓެކެވެ.

އެގޮތުން މި ސެގްމެންޓު 2023 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރަމަޟާން މަހުވެސް ގާފު ނޫހުން ގެނެސްދެއެވެ.
1446 ވަނަ އަހަރުގެ ރަމަޟާން މަހުގެ ކޮންމެ ދުވަހެއްގައިވެސް ތަފާތު ރެސިޕީއިން ކިޔުންތެރިންނާއި ހަމައަށް ގެނެސްދެވޭނެ އެވެ. އެގޮތުން މިއަހަރުގެ ރަމަޟާން މަހުގެ 16 ވަނަ ރެސިޕީއެއްގެ ގޮތުގައި މި ގެނެސްމިދެނީ ކިވީ ފްރުޓު ސްމޫތީ އެވެ.
ބޭނުންވާ ތަކެތި
- 3 ކިވީ ( ސާފުކޮށްފައި / ތޮށި މަށާފައި )
- 1 އަނބު ( ތޮށި މެށުމަށްފަހު ކުދިކޮށް ކޮށާފައި )
- 500 އެމްއެލް އަލަނާސި ޖޫސް
- 1 ދޮންކެޔޮ
ތައްޔާރުކުރާނެ ގޮތް:
ކިވީ , އަނބު, ދޮންކެޔޮ އަދި އަލަނާސި ޖޫސް މިކްސަރަކަށް އަޅާފައި ގިރާލާށެވެ.
އެއަށްފަހު ރަނގަޅަށް ގިރާލެވުމުން ތައްޓަކަށް އަޅާފައި އައިސްކިއުބް ކޮޅެއް އަޅާލަށެވެ.
ރީތިކޮށްލުމަށް ތަށީގައި ކިވީ ކޮޅެއް ޖަހާލާށެވެ.
މިހާރު މިހުރީ މި ރެސިޕީ ތައްޔާރުކޮށްލެވިފައި އެވެ. މިއީ ބިޒީކޮށް އުޅޭ ފަރާތްތަކަސް ފަސޭހައިން ތައްޔާރުކޮށްލެވިދާނެ ބުއިމެކެވެ.