logoEN
Sto top
ގާފު ބޮންތި ބީޗް ހޭންޑްބޯޅަ ޗެލެންޖް ފިރިހެން ޑިވިޝަން ޗެންޕިއަންކަން  ކުޑަހުވަދޫ އިން ހޯދައިފި

ގާފު ބޮންތި ބީޗް ހޭންޑްބޯޅަ ޗެލެންޖް ފިރިހެން ޑިވިޝަން ޗެންޕިއަންކަން ކުޑަހުވަދޫ އިން ހޯދައިފި

ހަސަން ޝަމްއޫން

logo

3/15/2025, 2:29:33 PM

# ގާފު ބޮންތި ބީޗު ހޭންޑްބޯޅަ ޗެލެންޖް 2025# ދިވެހި ކުޅިވަރު

ކުޑަހުވަދޫގެ ކުޅުންތެރިން މުބާރާތުގެ ޓްރޮފީއާއެކު އުފާފާޅުކުރަނީ.. ފޮޓޯ: ގާފު ސްޕޯޓްސް

މިހާރު ކުރިއަށްދާ ގާފު ބޮންތި ބީޗު ހޭންޑްބޯޅަ ޗެލެންޖް 2025 ފިރިހެން ޑިވިޝަން ފައިނަލުގައި ކުޑަހުވަދޫ ސްޕޯޓްސް ކުލަބު (ކޭއެސްސީ) އާއި އާޖީލަކަށް ސްޕޯޓްސް ޕާފޯމެންސް އެކަޑަމީ (އަސްޕާ) ވާދަކުރި މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ކުޑަހުވަދޫ އިން މުބާރާތުގެ ޗެންޕިއަންކަން ހޯދައިފިއެވެ.

Wamco

މުބާރާތުގެ ފައިނަލުން އަސްޕާ ޖާގަހޯދީ ސެމީފައިނަލްގެ ފުރަތަމަ މެޗުގައި ދެ ސެޓް އެއް ސެޓުން ޑޭޓޯނާ ބަލިކުރުމަށްފަހު އެވެ. އަދި ކުޑަހުވަދޫ ފައިނަލުން ޖާގަހޯދީ ސެމީފައިނަލްގެ ދެވަނަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު ފަހަތުން އަރައި ދެ ސެޓް އެއް ސެޓުން ފިއޮންޓީ ބަލިކުރުމަށްފަހު އެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ސެޓް ދެ ލަނޑުގެ ލީޑަކާއެކު 21-23 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ކުޑަހުވަދޫ އިންނެވެ. ނަމަވެސް ޖެހިގެން އައި ދެވަނަ ސެޓް ހަތަރު ލަނޑުގެ ލީޑަކާއެކު 17-21 ނަތީޖާއަކުން ކާމިޔާބުކޮށް އަސްޕާ އިން ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.

މިއާއެކު މެޗުގެ ނަތީޖާ ނެރުމަށްޓަކައި ކުޅުނު ޝޫޓްއައުޓް ސެޓް ދެ ލަނޑުގެ ލީޑަކާއެކު 5-3 ގެ ނަތީޖާއަކުން ކުޑަހުވަދޫ އިން ކާމިޔާބުކުރިއިރު، ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކުޑަހުވަދޫގެ ޝައިހާން ޝައުކަތު އެވެ.

މުބާރާތުގެ އެންމެ މޮޅު ހަތަރު ކުޅުންތެރިންނަކީ ފިރުޝާން މުހައްމަދު (ކުޑަހުވަދޫ)، ޝައިހާން ޝައުކަތު (ކުޑަހުވަދޫ)، އައްޒާމަ ޝަފީގް (އަސްޕާ) އަދި ރަޒީފް މުހައްމަދު (އަސްޕާ) އެވެ. އަދި މުބާރާތުގެ އުންމީދީ ކުޅުންތެރިއާގެ މަގާމު ހޯދީ މުހައްމަދު އިޝާގް އަހުމަދު (ފިއޮންޓީ) އެވެ.

މީގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ (ވެލި ރަސްގެފާނު) ގެ މަގާމު ހޯދީ ކުޑަހުވަދޫ ސްޕޯޓްސް ކުލަބުގެ ފިރުޝާން މުހައްމަދު އެވެ.

7 މެއި 2025 އިން 15 މެއި 2025 ގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދާ މިމުބާރާތުގެ އަންހެން ޑިވިޝަނުގައި އަށް ޓީމަކުން ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށްދަނީ ބައިވެރިވި އަށް ޓީމު ދެގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ދެޓީމަށް ވަނީ ސެމީފައިނަލުން ޖާގަ ލިބިފައެވެ.

ޗެންޕިއަން ޓީމަށް 8،000 އަދި ރަނަރަޕް ޓީމަށް 4،000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅާފައިވާ މިމުބާރާތުގެ ޓައިޓަލް ސްޕޮންސަރ އަކީ ގާފު އެވެ. މީގެ އިތުރުން މިމުބާރާތުގެ ސްޕޮންސަރުންގެ ތެރޭގައި މެމީ މޯލްޑިވްސް، ހޭންޑްބޯޅަ ނޭޝަން، ގަނޑުވަރު މޮބައިލް، އެޗްޑީސީ، އެޑިޓް ފެބްރިކޭޝަން އަދި މޮރޯ މޯލްޑިވްސް ހިމެނޭއިރު، މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside