
ބުރުނު ޝިކާރު: ޖޫނިއާ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ޒޯހާ ހޯދައިފި
# ދިވެހި ކުޅިވަރު # ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖް 2026ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖް ޖޫނިއާރ އަންހެން ޑިވިޝަންގެ ވަނަތައް ހޯދި ފަރާތްތައް...ފޮޓޯ؛ މިނިސްޓްރީ އޮފް ސްޕޯޓްސް
މޯލްޑިވްސް ބޮޑީބޯޑިންގ އެސޯސިއޭޝަން (އެމްބީބީއޭ) އިން އިންތިޒާމްކޮށްގެން ބާއްވާ، "ބުރުނު ޝިކާރު ބޮޑީބޯޑިންގ ޗެލެންޖް 2026" ގެ ޖޫނިއާ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން، ޒޯހާ އަޒީލް ހޯދައިފިއެވެ.

މިމުބާރާތުގައި މުޅިން އަލަށް ބޭއްވި ޖޫނިއާ އަންހެން ޑިވިޝަންގެ ފައިނަލުން ޒޯހާ ޖާގަހޯދީ ސެމީފައިނަލް ފުރަތަމަ ހީޓުގައި ފަސޭހަކަމާއެކު ލަޔާން ހުސައިން ޝަފާޒާ ބަލިކުރުމަށްފަހު އެވެ. އަދި ޒަހާ ޒައިދުން ހަލީލް ފައިނަލުން ޖާގަ ހޯދީ ސެމީފައިނަލް ދެވަނަ ހީޓުގައި ފާތިމަތު ލައްޔާ ޝާހިދާ ބަލިކުރުމަށްފަހު އެވެ.
މިއަދު ކުރިއަށްދިޔަ މުބާރާތުގެ ޖޫނިއާރ އަންހެން ކެޓަގެރީގެ ފައިނަލް ހީޓް ޒޯހާ ކާމިޔާބުކުރީ، ޒަހާ ޒައިދުން ހަލީލް އާއި ވާދަކޮށް 5.57 ޕޮއިންޓްގެ ތަފާތަކުންނެވެ. އެގޮތުން ފައިނަލް ހީޓުގައި ޒޯހާ ޖުމްލަ 11.74 ޕޮއިންޓް ހޯދިއިރު، ޒަހާއަށް ހޯދިފައިވަނީ ޖުމްލަ 6.17 ޕޮއިންޓެވެ.
ފައިނަލް ހީޓުގައި ޒޯހާ އަށް ރާޅުގައި އެޅިއިރު، އޭގެތެރެއިން އެންމެ މަތިން ސްކޯކުރީ ތިންވަނަ ރާޅާއި ހަވަނަ ރާޅުގައެވެ. އެގޮތުން ތިންވަނަ ރާޅުގައި 6.17 ޕޮއިންޓް ހޯދިއިރު، ހަވަނަ ރާޅުގައި ޒޯހާ ވަނީ 5.57 ޕޮއިންޓް ސްކޯކޮށްފައެވެ. އަދި ފައިނަލް ހީޓުގައި ޒަހާ ހަތަރު ރާޅުގައި އެޅިއިރު، އޭނާ އެންމެ މަތިން ސްކޯކުރީ ފުރަތަމަ ރާޅާއި ދެވަނަ ރާޅުގައެވެ. އެގޮތުން ފުރަތަަ ރާޅުގައި 3.00 ޕޮއިންޓް ސްކޯކުރިއިރު، ހަތަރުވަނަ ރާޅުގައި ޒަހާ ވަނީ 3.17 ޕޮއިންޓް ސްކޯކޮށްފައެވެ
27 އެޕްރީލް 2026 އިން 1 މެއި 2026 ގެ ނިޔަލަށް މާލޭ ސިޓީ ވަރުނުލާ ރާޅުގަނޑު ސާފް ޕޮއިންޓްގައި ބޭއްވި މިމުބާރާތަކީ މޯލްޑިވްސް ނެޝަނަލް ބޮޑީބޯޑިން ލީގް (އެމްއެންބީއެލް) 2026 ގެ ސީޒަން ފެށުމުގެގޮތުން ބާއްވާ ފުރަތަމަ އިވެންޓެވެ. އަދި ހަތަރު ޑިވިޝަނަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި އިވެންޓްގައި ޖުމްލަ 35 ބައިވެރިން އަންނަނީ ވާދަކުރަމުންނެވެ. މިއަހަރުގެ މުބާރާތުގެ މެންސް އޯޕަން ޑިވިޝަނުގައި 21 އެތްލީޓުން ވާދަކުރާއިރު، ޖޫނިއާރ މެންސް ޑިވިޝަނުގައި އަށް އެތްލީޓުން، ޑްރޮޕްނީ ޑިވިޝަންގައި ނުވަ އެތްލީޓުން އަދި ޖޫނިއާރ އަންހެން ޑިވިޝަންގައި 10 އެތްލީޓުން ވަނީ ބައިވެރިވެފައެވެ.
ގުޅުންހުރި

ބުރުނު ޝިކާރު: ޖޫނިއާ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ޒޯހާ ހޯދައިފި

ގައުމީ ނެޓްބޯޅަ މުބާރާތުގެ ފުރަތަމަ ޑިވިޝަންގެ ޗެމްޕިއަންކަން މެޓްރިކްސް އިން ހޯދައިފި

ބުރުނު ޝިކާރު ބޮޑީބޯޑިންގ ޗެލެންޖް : ޑްރޮޕްނީ ޑިވިޝަންގެ ޗެމްޕިއަންކަން ކުޑަ އައްޔަ ދިފާއުކޮށްފި




