
ބުރުނު ޝިކާރު ބޮޑީބޯޑިންގ ޗެލެންޖް : ޑްރޮޕްނީ ޑިވިޝަންގެ ޗެމްޕިއަންކަން ކުޑަ އައްޔަ ދިފާއުކޮށްފި
# ދިވެހި ކުޅިވަރު # ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖް 2026އަލީ ޚުޝްރުވާން އަހުމަދު (ކުޑަ އައްޔަ)... ފޮޓޯ: ވަގުތު
މޯލްޑިވްސް ބޮޑީބޯޑިންގ އެސޯސިއޭޝަން (އެމްބީބީއޭ) އިން އިންތިޒާމްކޮށްގެން ބާއްވާ، "ބުރުނު ޝިކާރު ބޮޑީބޯޑިންގ ޗެލެންޖް 2026" ގެ ޖޫނިއާ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން، އަލީ ޚުޝްރުވާން އަހުމަދު (ކުޑަ އައްޔަ) ދިފާއުކޮށްފިއެވެ.

މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ކުޑަ އައްޔަ ފައިނަލުން ޖާގަހޯދީ ސެމީފައިނަލް ފުރަތަމަ ހީޓުގައި ފަސޭހަކަމާއެކު ނޫން މުހައްމަދު ދުނައިމް އިރުޝާދު ބަލިކުރުމަށްފަހު އެވެ. އަދި އާމިން ފައިނަލުން ޖާގަ ހޯދީ ސެމީފައިނަލް ދެވަނަ ހީޓުގައި މުހައްމަދު އަޒާން އަހުމަދު ބަލިކުރުމަށްފަހު އެވެ.
މިއަދު ކުރިއަށްދިޔަ މުބާރާތުގެ ޑްރޮޕްނީ ކެޓަގެރީގެ ފައިނަލް ހީޓް ކުޑަ އައްޔަ ކާމިޔާބުކުރީ، އަމީން އުމަރު މޫސާ އާއި ވާދަކޮށް ފަސޭހަކަމާއެކު 8.63 ޕޮއިންޓްގެ ތަފާތަކުންނެވެ. އެގޮތުން ފައިނަލް ހީޓުގައި ކުޑަ އައްޔަ ޖުމްލަ 13.67 ޕޮއިންޓް ހޯދިއިރު، އާމިންއަށް ހޯދިފައިވަނީ ޖުމްލަ 5.04 ޕޮއިންޓެވެ.
ފައިނަލް ހީޓުގައި ކުޑަ އައްޔަ އަށް ރާޅުގައި އެޅިއިރު، އޭގެތެރެއިން އެންމެ މަތިން ސްކޯކުރީ ފަސްވަނަ ރާޅާއި ހަތްވަަނަ ރާޅުގައެވެ. އެގޮތުން ފަސްވަނަ ރާޅުގައި 5.67 ޕޮއިންޓް ހޯދިއިރު، ހަތްވަނަ ރާޅުގައި ކުޑަ އައްޔަ ވަނީ 8.00 ޕޮއިންޓް ސްކޯކޮށްފައެވެ. އަދި ފައިނަލް ހީޓުގައި އާމިން ނުވަ ރާޅުގައި އެޅިއިރު، އޭނާ އެންމެ މަތިން ސްކޯކުރީ ދެވަނަ ރާޅާއި ހަތަރުވަނަ ރާޅުގައެވެ. އެގޮތުން ދެވަނަ ރާޅުގައި 2.67 ޕޮއިންޓް ސްކޯކުރިއިރު، ހަތަރުވަނަ ރާޅުގައި އާމިންއަށް ސްކޯކުރެވުނީ 2.37 ޕޮއިންޓެވެ.
27 އެޕްރީލް 2026 އިން 1 މެއި 2026 ގެ ނިޔަލަށް މާލޭ ސިޓީ ވަރުނުލާ ރާޅުގަނޑު ސާފް ޕޮއިންޓްގައި ބާއްވާ މިމުބާރާތަކީ މޯލްޑިވްސް ނެޝަނަލް ބޮޑީބޯޑިން ލީގް (އެމްއެންބީއެލް) 2026 ގެ ސީޒަން ފެށުމުގެގޮތުން ބާއްވާ ފުރަތަމަ އިވެންޓެވެ. އަދި ހަތަރު ޑިވިޝަނަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި އިވެންޓްގައި ޖުމްލަ 35 ބައިވެރިން އަންނަނީ ވާދަކުރަމުންނެވެ. މިއަހަރުގެ މުބާރާތުގެ މެންސް އޯޕަން ޑިވިޝަނުގައި 21 އެތްލީޓުން ވާދަކުރާއިރު، ޖޫނިއާރ މެންސް ޑިވިޝަނުގައި އަށް އެތްލީޓުން، ޑްރޮޕްނީ ޑިވިޝަންގައި ނުވަ އެތްލީޓުން އަދި ޖޫނިއާރ އަންހެން ޑިވިޝަންގައި 10 އެތްލީޓުން ވަނީ ބައިވެރިވެފައެވެ.
ގުޅުންހުރި

ބުރުނު ޝިކާރު ބޮޑީބޯޑިންގ ޗެލެންޖް : ޑްރޮޕްނީ ޑިވިޝަންގެ ޗެމްޕިއަންކަން ކުޑަ އައްޔަ ދިފާއުކޮށްފި

ބުރުނު ޝިކާރު ބޮޑީބޯޑިންގ ޗެލެންޖް: ޖޫނިއާރ ޑިވިޝަންގެ ޗެމްޕިއަންކަން ނޫހް ހޯދައިފި

ސާފް ޗެމްޕިއަންޝިޕްގައި ގައުމީ އަންހެން ޓީމަށް އިރުޝާދުދޭނީ ސޮބާ!
(2).jpg&w=3840&q=75)



