logoEN
Sto top
ގާފު ބޮންތި ބީޗް ހޭންޑްބޯޅަ ޗެލެންޖް އަންހެން ޑިވިޝަން ޗެންޕިއަންކަން  ޑޭޓޯނާ އިން ހޯދައިފި

ގާފު ބޮންތި ބީޗް ހޭންޑްބޯޅަ ޗެލެންޖް އަންހެން ޑިވިޝަން ޗެންޕިއަންކަން ޑޭޓޯނާ އިން ހޯދައިފި

ހަސަން ޝަމްއޫން

logo

3/15/2025, 2:23:57 PM

# ދިވެހި ކުޅިވަރު # ގާފު ބޮންތި ބީޗު ހޭންޑްބޯޅަ ޗެލެންޖް 2025

ޑޭޓޯނާގެ ކުޅުންތެރިން މުބާރާތުގެ ޓްރޮފީއާއެކު އުފާފާޅުކުރަނީ

މިހާރު ކުރިއަށްދާ ގާފު ބޮންތި ބީޗު ހޭންޑްބޯޅަ ޗެލެންޖް 2025 އަންހެން ޑިވިޝަން ފައިނަލުގައި ވާދަވެރި ކުޅުމަކަށްފަހު 2-0 ގެ ނަތީޖާއަކުން ޒެފާރސް ބަލިކޮށް ޑޭޓޯނާ އިން މުބާރާތުގެ ޗެންޕިއަންކަން ހޯދައިފިއެވެ.

Wamco

މުބާރާތުގެ ފައިނަލުން ޑޭޓޯނާ ޖާގަހޯދީ ސެމީފައިނަލްގެ ފުރަތަަމަ މެޗުގައި ސީދާ ދެ ސެޓުން ކުލަބު ހުޅު ބަލިކުރުމަށްފަހު އެވެ. އަދި ޒެފާރސް ފައިނަލުން ޖާގަހޯދީ ސެމީފައިނަލްގެ ދެވަނަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު ދެ ސެޓް އެއް ސެޓުން ވެސްޓް އެންޑް ބަލިކުރުމަށްފަހު އެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަަމަ ސެޓް އަށް ލަނޑުގެ ލީޑަކާއެކު 17-9 ގެ ނަތީޖާއަކުން ޑޭޓޯނާ އިން ކާމިޔާބުކުރިއިރު، ދެވަނަ ސެޓް އެޓީމުން ކާމިޔާބުކުރީ ފަސް ޕޮއިންޓްގެ ލީޑަކާއެކު 13-18 ގެ ނަތީޖާއަކުންނެވެ. އަދި ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޑޭޓޯނާގެ ފާތިމަތު ޖުނާ އެވެ.

މުބާރާތުގެ އެންމެ މޮޅު ހަތަރު ކުޅުންތެރިންނަކީ ފާތިމަތު ޖުނާ (ޑޭޓޯނާ)، ފާތިމަތު އަރޫޝާ (ޑޭޓޯނާ)، ޢާއިޝަތު އާނާ ފަތުހުالله (ޒެފާރސް) އަދި އައިނާ ލަތީފް (ކުލަބު ހުޅު) އެވެ. އަދި މުބާރާތުގެ އުންމީދީ ކުޅުންތެރިއާގެ މަގާމު ހޯދީ އައިޝަތު ރަނާ ނަސީރު (ވެސްޓް އެންޑް) އެވެ.

މީގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ (ވެލި ރާނީ) ގެ މަގާމު ހޯދީ ފާތިމަތު ޖުނާ (ޑޭޓޯނާ) އެވެ.

7 މެއި 2025 އިން 15 މެއި 2025 ގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދާ މިމުބާރާތުގެ އަންހެން ޑިވިޝަނުގައި އަށް ޓީމަކުން ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށްދަނީ ބައިވެރިވި އަށް ޓީމު ދެގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ދެޓީމަށް ވަނީ ސެމީފައިނަލުން ޖާގަ ލިބިފައެވެ.

ޗެންޕިއަން ޓީމަށް 8،000 އަދި ރަނަރަޕް ޓީމަށް 4،000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅާފައިވާ މިމުބާރާތުގެ ޓައިޓަލް ސްޕޮންސަރ އަކީ ގާފު އެވެ. މީގެ އިތުރުން މިމުބާރާތުގެ ސްޕޮންސަރުންގެ ތެރޭގައި މެމީ މޯލްޑިވްސް، ހޭންޑްބޯޅަ ނޭޝަން، ގަނޑުވަރު މޮބައިލް، އެޗްޑީސީ، އެޑިޓް ފެބްރިކޭޝަން އަދި މޮރޯ މޯލްޑިވްސް ހިމެނޭއިރު، މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside