logoEN
Sto top
ގާފު ރެސިޕީ: ބްލޫބެރީ މިންޓް އައިސް ޓީ

ގާފު ރެސިޕީ: ބްލޫބެރީ މިންޓް އައިސް ޓީ

ސާރާ އަހުމަދު

logo

3/15/2025, 9:46:17 AM

# ގާފު ރެސިޕީ

--

ގާފު ރެސިޕީ އަކީ ކޮންމެ އަހަރެއްގެ ރަމަޟާން މަހާއި ދިމާކޮށް ގާފު ނޫހުގެ ކިޔުންތެރިންނާއި ހަމައަށް މި ނޫހުގެ ފަރާތުން ގެނެސްދޭ ރެސިޕީއަށް ޚާއްސަ ސެގްމެންޓެކެވެ.

Wamco

އެގޮތުން މި ސެގްމެންޓު 2023 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރަމަޟާން މަހުވެސް ގާފު ނޫހުން ގެނެސްދެއެވެ.

1446 ވަނަ އަހަރުގެ ރަމަޟާން މަހުގެ ކޮންމެ ދުވަހެއްގައިވެސް ތަފާތު ރެސިޕީއިން ކިޔުންތެރިންނާއި ހަމައަށް ގެނެސްދެވޭނެ އެވެ. އެގޮތުން މިއަހަރުގެ ރަމަޟާން މަހުގެ 15 ވަނަ ރެސިޕީއެއްގެ ގޮތުގައި މި ގެނެސްމިދެނީ ބްލޫބެރީ މިންޓް އައިސް ޓީ އެވެ.

މި ރެސިޕީ ތައްޔާރުކޮށްލަށް ބޭނުންވާނެ ތަކެތި
  1. ޕެޕާމިންޓް 5 ސައިފަތް ޕެކެޓު
  2. 140 ގްރާމް ބްލޫބެރީ
  3. 2 މޭޒުމަތީ ސަމްސާ ހަކުރު
  4. އައިސް ކިއުބް
  5. މިންޓް ފަތް
  6. ލުނބޯ ފޮތި ( ގާނިޝް ކުރުމަށް )

ތައްޔާރުކުރާނެ ގޮތް:

ފެން ހޫނުކޮށްލުމަށްފަހު ވަކި ތައްޓެއްގައި ޕެޕާމިންޓް ސައިފަތް ޕެކެޓުތައް އަޅާފައި ބަހައްޓާށެވެ.

ބްލޫބެރީކޮޅު ކުޑަ ޖަގަކަށް އަޅާލުމަށްފަހު އޭގެ ތެރެއަށް ހުކުރާއި ކުޑަ މިންޓް ފަތް ކޮޅެއް އަޅާލާށެވެ. އެއަށްފަހު ރަނގަޅަށް ޖަގުގެ ތެރޭގައި ހުރި ސާމާނު ޗަސްކޮށްލާށެވެ. ޗަސްކުރާނީ ބްލޫބެރީގެ ދިޔަ ނުކުމެ މިންޓް ފަތުގެ ވަސް ދުވާ ވަރު ވެލަންދެނެވެ.

އެއަށްފަހު ޕެޕާމިންޓް ސައިފަތް ޕެކެޓުން ތައްޔާރުކުރި ސައި ބްލޫބެރީތަަށް ޗިސްކޮށްފައި ހުރި ޖަގަށް އަޅާލާށެވެ. އަދި އައިސްކިއުބްވެސް އެއްކޮއްލުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ.

އަދި ޖަގުގެ ތެރެއަށް ލުނބޫ ފޮތިތަށް އަޅާލައި ކުޑަކޮށް އެއްކޮށްލާށެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside