ވާދަވެރި ކުޅުމަކަށްފަހު ޒެފާރސް އަތުން ބަލިވެ ވެސްޓް އެންޑް މުބާރާތުން ކަޓައިފި
# ދިވެހި ކުޅިވަރު # ގާފު ބޮންތި ބީޗު ހޭންޑްބޯޅަ ޗެލެންޖް 2025ޒެފާރސް އާއި ވެސްޓް އެންޑް ވާދަކުރި މެޗުގެ ތެރެއިން...
މިހާރު ކުރިއަށްދާ ގާފު ބޮންތި ބީޗު ހޭންޑްބޯޅަ ޗެލެންޖް 2025 އަންހެން ޑިވިޝަން ސެމީފައިނަލް ދެވަނަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު ޒެފާރސް އަތުން ބަލިވެ ވެސްޓް އެންޑް މުބާރާތުން ކަޓައިފިއެވެ.

މުބާރާތުގެ ސެމީފައިނަލުން ޒެފާރސް ޖާގަހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ހޯދި ހަ ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ގުރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި ވެސްޓް އެންޑުން ސެމީފައިނަލުން ޖާގަހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ހޯދި ހަ ޕޮއިންޓާއެކު ގުރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގައެވެ.
މެޗުގެ ފުރަތަމަ ސެޓުގައި ޒެފާރސްގެ އެޓޭކުތައް ވަރުގަދަކޮށް ފެނުނުއިރު، މި ސެޓް ތިން ޕޮއިންޓްގެ ލީޑަކާއެކު 8-11 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޒެފާރސް އިންނެވެ. އަދި ދެވަނަ ސެޓުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު, ޒެފާރސް އިން މިސެޓް ކާމިޔާބުކުރީ 14-15 ގެ ނަތީޖާއަކުންނެވެ.
މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ޒެފާރސް ކުރީގައި އޮވެގެންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޒެފާރސްގެ އައިޝަތު އާނާ ފަތުހުއްﷲ އެވެ.
7 މެއި 2025 އިން 15 މެއި 2025 ގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދާ މިމުބާރާތުގެ އަންހެން ޑިވިޝަނުގައި އަށް ޓީމަކުން ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށްދަނީ ބައިވެރިވި އަށް ޓީމު ދެގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ދެޓީމަށް ވަނީ ސެމީފައިނަލުން ޖާގަ ލިބިފައެވެ.
ޗެންޕިއަން ޓީމަށް 8،000 އަދި ރަނަރަޕް ޓީމަށް 4،000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅާފައިވާ މިމުބާރާތުގެ ޓައިޓަލް ސްޕޮންސަރ އަކީ ގާފު އެވެ. މީގެ އިތުރުން މިމުބާރާތުގެ ސްޕޮންސަރުންގެ ތެރޭގައި މެމީ މޯލްޑިވްސް، ހޭންޑްބޯޅަ ނޭޝަން، ގަނޑުވަރު މޮބައިލް، އެޗްޑީސީ، އެޑިޓް ފެބްރިކޭޝަން އަދި މޮރޯ މޯލްޑިވްސް ހިމެނޭއިރު، މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ
ގުޅުންހުރި

ސަމާގެ މޮޅު ކުޅުމާއެކު ޔޫބީއެމްއެލް ކުއީން އަތުން ޓްރިޕަލް ވެއާއަށް ފަސޭހަ މޮޅެއް

އެސްއެމްޓީ ބަލިކޮށް ޒެފިއާ އިން ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި
