logoEN
Sto top
ފަސޭހަކަމާއެކު ވައްޓަފާޅި  ބަލިކޮށް ގްރީން ސްޓްރީޓް އިން މުބާރާތް ނިންމާލީ މޮޅަކާއެކު

ފަސޭހަކަމާއެކު ވައްޓަފާޅި ބަލިކޮށް ގްރީން ސްޓްރީޓް އިން މުބާރާތް ނިންމާލީ މޮޅަކާއެކު

ހަސަން ޝަމްއޫން

logo

3/14/2025, 2:21:18 AM

# ގާފު ބޮންތި ބީޗު ހޭންޑްބޯޅަ ޗެލެންޖް 2025# ދިވެހި ކުޅިވަރު

ވައްޓަފާޅި އާއި ގްރީން ސްޓްރީޓް ވާދަކުރި މެޗުގެ ތެރެއިން..

މިހާރު ކުރިއަށްދާ ގާފު ބޮންތި ބީޗު ހޭންޑްބޯޅަ ޗެލެންޖް 2025 އަންހެން ޑިވިޝަން ގުރޫޕް އޭގައި ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު ދެވަނަ މެޗުގައި ގްރީން ސްޓްރީޓާއި ވައްޓަފާޅި ވާދަކުރި މެޗު ފަސޭހަކަމާއެކު ސީދާ ދެ ސެޓުން ކާމިޔާބުކޮށް ގްރީން ސްޓްރީޓުން މުބާރާތް ނިންމާލީ މޮޅަކާއެކު އެވެ.

Wamco

މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ގްރީން ސްޓްރީޓް ކުޅުނު ފުރަތަމަ މެޗުގައި 2-0 ގެ ނަތީޖާއަކުން ޑޭޓޯނާ އަތުން ބަލިވިއިރު، ދެވަނަ މެޗުގައި ވެސްޓް އެންޑް އަތުން އެޓީމު ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. އަދި ގުރޫޕް ސްޓޭޖުގައި ވައްޓަފާޅިން ކުޅުނު ފުރަތަމަ މެޗުގައި ވެސްޓް އެންޑް އަތުން 2-0 ގެ ނަތީޖާއަކުން ބަލިވިއިރު، ދެވަނަ މެޗުގައި ޑޭޓޯނާ އަތުން ބަލިވީ ވެސް 2-0 ގެ ނަތީޖާއަކުންނެވެ.

މުޅި މެޗުގައި ވެސް މޮޅަށް ކުޅެ ގްރީން ސްޓްރީޓުން މެޗު ޑޮމިނޭޓްކުރިއިރު، މެޗުގެ ފުރަތަަމަ ސެޓް އެޓީމުން ކާމިޔާބުކުރީ 11 ލަނޑުގެ ބޮޑު ލީޑަކާއެކު 14-3 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. އަދި ދެވަނަ ސެޓުގައި އެޓީމުން އަށް ލަނޑު ކާމިޔާބުކުރިއިރު، މިސެޓުގައި ވައްޓަފާޅިއަށް ކާމިޔާބުކުރެވުނީ އެންމެ ލަނޑެކެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ގްރީން ސްޓްރީޓުގެ އައިޝަތު ނާޒިމާ އެވެ.

މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ގްރީން ސްޓްރީޓަށް ތިން ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މުބާރާތް ނިންމާލީ ގުރޫޕްގެ ތިންވަނައިގައި އޮވެއެވެ. އަދި މިމެޗުން ބަލިވި ވައްޓަފާޅިން ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް ބަލިވެފައިވާއިރު، އެޓީމުން މުބާރާތް ނިންމާލީ ޕޮއިންޓެއް ނުލިބި ގުރޫޕްގެ ފުލުގައި އޮވެއެވެ. އަދި މިގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ޑޭޓޯނާ ސެމީފައިނަލުން ޖާގަ ހޯދިއިރު، ދެވަނަ ޓީމުގެ ގޮތުގައި ވެސްޓް އެންޑުން ވެސް ވަނީ ސެމީފައިނަލުން ޖާގަހޯފާފައެވެ.

7 މެއި 2025 އިން 15 މެއި 2025 ގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދާ މިމުބާރާތުގެ އަންހެން ޑިވިޝަނުގައި އަށް ޓީމަކުން ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށްދަނީ ބައިވެރިވި އަށް ޓީމު ދެގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ސެމީފައިނަލަށް ހޮވޭގޮތަށެވެ.

ޗެންޕިއަން ޓީމަށް 8،000 އަދި ރަނަރަޕް ޓީމަށް 4،000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅާފައިވާ މިމުބާރާތުގެ ޓައިޓަލް ސްޕޮންސަރ އަކީ ގާފު އެވެ. މީގެ އިތުރުން މިމުބާރާތުގެ ސްޕޮންސަރުންގެ ތެރޭގައި މެމީ މޯލްޑިވްސް، ހޭންޑްބޯޅަ ނޭޝަން، ގަނޑުވަރު މޮބައިލް، އެޗްޑީސީ، އެޑިޓް ފެބްރިކޭޝަން އަދި މޮރޯ މޯލްޑިވްސް ހިމެނޭއިރު، މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside