
--
މާލޭގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ދާރުލް އަރުގަމް ވަގުފް އިމާރާތުގެ ކުރެހުން ދައްކާލައިފި އެވެ.

މި އިމާރާތުގެ ކުރެހުން އާންމުކުރެއްވީ އިސްލާމިކް ކަންތައްތަކާއި ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު އެވެ. އެގޮތުން ޝަހީމް ވަނީ މި އިމާރާުތް ނިމިގެންދާއިރު ހުންނާނެ ގޮތުގެ ތިން ފޮޓޯއެއް މިއަދު އާންމުކުރައްވާފައި އެވެ.
ދާރުލް އަރުގަމް ވަގުފް އިމާރާތުގެ ކުރެހުން ތައްޔާރުކޮށްފައިވަނީ އީޕޮކް އެސޯސިއޭޓްސް އިންނެވެ. އެކުންފުންޏާއި އެމަސައްކަތް ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އެވެ.
މި ދައުރުގައި އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދިއުމަަށް ހަމަޖެހިފައިވާ އެންމެ ބޮޑު ދެ މަޝްރޫއަކީ ދާރުލް އަރުގަމް މަޝްރޫއުގެ އިތުރުން ހުޅުމާލޭގައި އެޅުމަށް ތައްޔާރުވަމުންދާ ދާރުއްސަލާމް ވަގުފް އިމާރާތުގެ މަޝްރޫއެވެ. މި މަޝްރޫއުތައް ކާމިޔާބުކަމާ އެކު ނިންމާލެވުމުން އެ މިނިސްޓްރީގެ ބަޖެޓަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.
ވަޒީރު ޝަހީމް ވަނީ މިއަހަރުގެ ތެރޭގައި އެ އިމާރާތުގެ އަމަލީ މަސައްކަތް ފެށުމަށް އަމާޒު ހިފާފައިވާ ކަމަށް މީގެ ކުރިން ވިދާޅުވެފައި އެވެ.
ގުޅުންހުރި

ކޯޓު މެދުވެރިކޮށް، މަރު ސާބިތުކުރުމަށްފަހުގައި މުޝްފިގުގެ ކަށުނަމާދު އަންނަ ހުކުރުގައި ކުރުމަށް މަސައްކަތްކުރަނީ

ރާއްޖޭގައި ދިރިއުޅޭ ލަންކާ ރައްޔިތުންނަށް ޚާއްސަ ދަރުހެއް ބާއްވައިފި

’ހިދާޔަތުގެ އަލި' މަޖައްލާ 28 ވަނަ ޢަދަދު ނެރެފި
