logoEN
Sto top
ފަސޭހަކަމާއެކު ވެސްޓް އެންޑް ބަލިކޮށް ގުރޫޕްގެ އެއްވަނަ ޑޭޓޯނާ އިން ކަށަވަރުކޮށްފި

ފަސޭހަކަމާއެކު ވެސްޓް އެންޑް ބަލިކޮށް ގުރޫޕްގެ އެއްވަނަ ޑޭޓޯނާ އިން ކަށަވަރުކޮށްފި

ހަސަން ޝަމްއޫން

logo

3/13/2025, 3:55:58 AM

# ދިވެހި ކުޅިވަރު # ގާފު ބޮންތި ބީޗު ހޭންޑްބޯޅަ ޗެލެންޖް 2025

ޑޭޓޯނާއި ވެސްޓް އެންޑް ވާދަކުރި މެޗުގެ ތެރެއިން...

މިހާރު ކުރިއަށްދާ ގާފު ބޮންތި ބީޗު ހޭންޑްބޯޅަ ޗެލެންޖް 2025 އަންހެން ޑިވިޝަން ގުރޫޕް އޭގައި ބުދަ ދުވަހުގެ ރޭ ކުޅުނު ދެވަނަ މެޗުގައި ވެސްޓް އެންޑާއި ޑޭޓޯނާ ވާދަކުރި މެޗު ފަސޭހަކަމާއެކު ސީދާ ދެ ސެޓުން ކާމިޔާބުކޮށް ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ޑޭޓޯނާ އިން ސެމީފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

Wamco

މުބާރާތުގައި ޑޭޓޯނާ ކުޅުނު ފުރަތަމަ މެޗުގައި ގްރީން ސްޓްރީޓް އާއި ވާދަކޮށް ސީދާ ދެ ސެޓުން މޮޅުވެފައިވާއިރު ދެވަނަ މެޗުގައި ވައްޓަފާޅި އަތުން ވެސް އެޓީމު މޮޅުވީ ފަސޭހަކަމާއެކު ސީދާ ދެ ސެޓުންނެވެ. އަދި ވެސްޓް އެންޑްގެ ފުރަތަމަ މެޗުގައި ވައްޓަފާޅި އަތުން ސީދާ ދެ ސެޓުން މޮޅުވިއިރު، ދެވަނަ މެޗުގައި ގްރީން ސްޓްރީޓް އަތުން އެޓީމު މޮޅުވީ ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުންނެވެ.

މުޅި މެޗުގައި ވެސް މޮޅަށް ކުޅެ ޑޭޓޯނާ އިން މެޗު ޑޮމިނޭޓްކުރިއިރު، މެޗުގެ ފުރަތަަމަ ސެޓް އެޓީމުން ކާމިޔާބުކުރީ 16 ލަނޑުގެ ބޮޑު ލީޑަކާއެކު 23-7 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. އަދި ދެވަނަ ސެޓުގައި އެޓީމުން 19 ލަނޑު ކާމިޔާބުކުރިއިރު، މިސެޓުގައި ވެސް ވެސްޓް އެންޑަށް ކާމިޔާބުކުރެވުނީ ހަތް ލަނޑެކެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޑޭޓޯނާގެ ފާތިމަތު ޖުނާ އެވެ.

މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ޑޭޓޯނާއަށް ނުވަ ޕޮއިންޓް ލިބިފައިވާއިރު، އެޓީމު ސެމީފައިނަލުން ޖާގަހޯދީ ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި މިމެޗުން ބަލިވި ވެސްޓް އެންޑުން ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ލިބުނު ހަ ޕޮއިންޓާއެކު ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލުގެ ޖާގައެއް އެޓީމަށް ވެސް ވަނީ ޔަގީންވެފައެވެ.

7 މެއި 2025 އިން 15 މެއި 2025 ގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދާ މިމުބާރާތުގެ އަންހެން ޑިވިޝަނުގައި އަށް ޓީމަކުން ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށްދަނީ ބައިވެރިވި އަށް ޓީމު ދެގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ސެމީފައިނަލަށް ހޮވޭގޮތަށެވެ.

ޗެންޕިއަން ޓީމަށް 8،000 އަދި ރަނަރަޕް ޓީމަށް 4،000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅާފައިވާ މިމުބާރާތުގެ ޓައިޓަލް ސްޕޮންސަރ އަކީ ގާފު އެވެ. މީގެ އިތުރުން މިމުބާރާތުގެ ސްޕޮންސަރުންގެ ތެރޭގައި މެމީ މޯލްޑިވްސް، ހޭންޑްބޯޅަ ނޭޝަން، ގަނޑުވަރު މޮބައިލް، އެޗްޑީސީ، އެޑިޓް ފެބްރިކޭޝަން އަދި މޮރޯ މޯލްޑިވްސް ހިމެނޭއިރު، މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside