logoEN
Sto top
އޭޝިއަން މާސްޓަރސް: 10 ކިލޯ މީޓަރު ދުވުމުން ދެވަނަ ހުސީއަށް

އޭޝިއަން މާސްޓަރސް: 10 ކިލޯ މީޓަރު ދުވުމުން ދެވަނަ ހުސީއަށް

ހަސަން ޝަމްއޫން

logo

11/9/2025, 3:35:55 AM

# ދިވެހި ކުޅިވަރު # އޭޝިއަން މާސްޓަރސް އެތްލެޓިކްސް ޗެންޕިއަންޝިޕް

ހުސްނާ މުހައްމަދު (ހުސީ)… ފޮޓޯ: ގާފު ސްޕޯޓްސް / މުއައްވިޒް

އިންޑިއާގެ ޗެންނާއީގައި މިހާރު ކުރިއަށްދާ 23 ވަނަ އޭޝިއަން މާސްޓަރސް އެތްލެޓިކްސް މުބާރާތުގެ 45 އަހަރުން މަތީގެ އަންހެނުންގެ 10 ކިލޯ މީޓަރު ދުވުމުން ދެވަނަ ރާއްޖޭގެ ހުސްނާ މުހައްމަދު (ހުސީ) ހޯދައިފިއެވެ.

Wamco

މިމުބާރާތަކީ 35 އަހަރުން މަތީގެ އެތްލީޓުންނަށް ޚާއްސްކޮށްގެން އޭޝިޔާ ސަރަހައްދުގައި ބާއްވާ އެންމެ ބޮޑު އެތްލެޓިކްސް މުބާރާތެވެ. އަދި މިއަހަރުގެ މުބާރާތުގައި ޖުމްލަ 22 ގައުމަކުން 3312 އެތްލީޓަކު ވަނީ ބައިވެރިވެފައެވެ.

undefined

45 އަހަރުން މަތީގެ އަންހެން 10 ކިލޯ މީޓަރު ދުވުމުގައި ޖުމްލަ 14 އެތްލީޓަކު ވާދަކުރިއިރު، މިއިވެންޓުން އެއްވަނަ ހޯދީ ޕަލްވިން ކޯރް (އިންޑިއާ) އެވެ. ދެވަނަ ހޯދީ ހުސްނާ މުހައްމަދު (ދިވެހިރާއްޖެ) އެވެ. އަދި ތިންވަނަ ހޯދީ އަންޖަލީ ޗޮރާސިއާ (އިންޑިއާ).

މީގެ އިތުރުން މިމުބާރާތުގެ 5000 މީޓަރު ދުވުމުން ތިންވަނަ ހުސީ ހޯދިއިރު، 45 އަހަރުން މަތީގެ އަންހެން 800 މީޓަރު ދުވުމުގައި، ޖުމްލަ 27 ދުންވުންތެރިންނާއި ވާދަކޮށް ހުސީ ރޭސް ނިންމާފައިވަނީ ފަސްވަނައިގައެވެ. އަދި މިއުމުރުފުރާގެ 1500 މީޓަރު ދުވުމުން ހުސީއަށް ލިބުނީ ހަތަރުވަނަ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC