
އޭޝިއަން މާސްޓާރސް: ހީޓުގެ އެއްވަނަ ހޯދައި، އާމިރު 200 މީޓަރު ފައިނަލުން ޖާގަ ހޯދައިފި
# ދިވެހި ކުޅިވަރު # އެޝިއަން މާސްޓާރސް އެތްލެޓިކް ޗެންޕިއަންޝިޕްއަމިރު މުހައްމަދު
އިންޑިއާގެ ޗެންނާއީގައި މިހާރު ކުރިއަށްދާ 23 ވަނަ އޭޝިއަން މާސްޓަރސް އެތްލެޓިކްސް މުބާރާތުގެ 55 އަހަރުން މަތީގެ ފިރިހެން 200 މީޓަރު ދުވުމުގެ ހީޓު ހައެއްގެ އެއްވަނަ ހޯދައި ރާއްޖޭގެ ކުރީގެ އެއްވަނަ ދުވުންތެރިއާ މުހައްމަދު އާމިރު ފައިނަލުން ޖާގަ ހޯދައިފިއެވެ.

55 އަހަރުން މަތީގެ ފިރިހެން 200 މީޓަރު ދުވުމުގައި ޖުމްލަ 56 އެތްލީޓުން ވާދަކުރިއިރު، އާމިރު ވާދަކޮށްފައިވަނީ ހީޓް ހައެއްގައެވެ. އަދި މި ހީޓުގައި އަށް އެތްލީޓުން ވާދަކުރިއިރު، މި ހީޓް އާމިރު ކާމިޔާބުކޮށްފައިވަނީ ފަސޭހަކަމާއެކު އެވެ.
5 ނޮވެމްބަަރު 2025 އިން 9 ނޮވެމްބަރު 2025ގެ ނިޔަލަށް ޗެންނާއީގައި މިހާރު ކުރިއަށްދާ މިމުބާރާތަކީ 35 އަހަރުން މަތީގެ އެތްލީޓުންނަށް ޚާއްސްކޮށްގެން އޭޝިޔާ ސަރަހައްދުގައި ބާއްވާ އެންމެ ބޮޑު އެތްލެޓިކްސް މުބާރާތެވެ. އަދި މިއަހަރުގެ މުބާރާތުގައި ޖުމްލަ 22 ގައުމަކުން 3312 އެތްލީޓަކު ވަނީ ބައިވެރިވެފައެވެ.
55 އަހަރުން ދަށުގެ ފިރިހެން 200 މީޓަރު ފައިނަލް ފެށުމަށް ހަމަޖެހިފައިވަނީ މިއަދު މެނދުރު ފަހު، ރާއްޖެ ގަޑިން 15؛15 އެވެ. މިއިވެންޓްގެ ފައިނަލުގައި އާމިރު ވާދަކުރަން ޖެހޭނީ އިންޑިއާ، ސްރީ ލަންކާ، ތައިލޭންޑްގެ އިތުރުން ސިންގަޕޫރުގެ ދުވުންތެރިންނާއެވެ.
ގުޅުންހުރި

މެލޭޝިއަން މާސްޓާރސް: ހުސީ، ކެވިން އަދި އާމިރު ގޯލްޑް މެޑަލް ހޯދިއިރު، ފުރަތަމަ ދުވަހު ރާއްޖެއަށް 12 މެޑަލް!

ޑައިމަންޑް ޖުބުލީ އިންވިޓޭޝަނަލް ކަޕް : އަޝްފާގު ގައުމީ ޓީމަށް 100 މެޗު ހަަމަކުރިއިރު. ފުރަތަމަ މެޗުން ރާއްޖެ ބަލިވެއްޖެ

ސާބާ ކޮލިފައިންގް: ބަންގްލަދޭޝް ބަލިކޮށް ރާއްޖެ އިން ބްރައުންޒް މެޑަލް ދިފާއިކޮށްފި
.jpg&w=3840&q=75)



