
އޭޝިއަން މާސްޓަރސް އެތްލެޓިކްސް މުބާރާތުގެ 5000 މިޓަރު ދުވުމުން ތިންވަނަ ހުސީއަށް
# ދިވެހި ކުޅިވަރު # އޭޝިއަން މާސްޓަރސް އެތްލެޓިކްސް ޗެންޕިއަންޝިޕްހުސްނާ މުހައްމަދު (ހުސީ) ފޮޓޯ: ގާފު ސްޕޯޓްސް / ހުސެއިން އަހުމަދު
އިންޑިއާގެ ޗެންނާއީގައި މިހާރު ކުރިއަށްދާ 23 ވަނަ އޭޝިއަން މާސްޓަރސް އެތްލެޓިކްސް މުބާރާތުގެ 45 އަހަރުން މަތީގެ އަންހެނުންގެ 5000 މީޓަރު ދުވުމުން ތިންވަނަ ރާއްޖޭގެ ހުސްނާ މުހައްމަދު (ހުސީ) ހޯދައިފިއެވެ.

މިއީ މުޅި އޭޝިޔާއަށް ހުޅުވާލެވިގެން ބޭއްވި އެތްލެޓިކްސް މުބާރާތަކުން ރާއްޖޭގެ އެތްލީޓަކު މެޑަލް ހޯދި ފުރަތަމަ ފަހަރެވެ. އަދި މިމުބާރާތަކީ 35 އަހަރުން މަތީގެ އެތްލީޓުންނަށް ޚާއްސްކޮށްގެން އޭޝިޔާ ސަރަހައްދުގައި ބާއްވާ އެންމެ ބޮޑު އެތްލެޓިކްސް މުބާރާތެވެ. އަދި މިއަހަރުގެ މުބާރާތުގައި ޖުމްލަ 22 ގައުމަކުން 3312 އެތްލީޓަކު ވަނީ ބައިވެރިވެފައެވެ.
45 އަހަރުން މަތީގެ އަންހެން 5000 މީޓަރު ދުވުމުގައި ޖުމްލަ 14 އެތްލީޓަކު ވާދަކުރިއިރު، މިއިވެންޓުން އެއްވަނަ ހޯދީ އަރްޗަނާ ސިންގް ( އިންޑިއާ) އެވެ. ދެވަނަ ހޯދީ ޕަލްވިން ކޯރް (އިންޑިއާ) އެވެ. އަދި ތިންވަނަ ހޯދީ ހުސްނާ މުހައްމަދު (ދިވެހި) އެވެ.
މީގެ އިތުރުން މިއަދު ހެނދުނު ކުރިއަށްދިޔަ 45 އަހަރުން މަތީގެ އަންހެން 800 މީޓަރު ދުވުމުގައި ހުސީ ވާދަކޮށްފައިވާއިރު، ޖުމްލަ 27 ދުންވުންތެރިންނާއި ވާދަކޮށް ހުސީ ރޭސް ނިންމާފައިވަނީ ފަސްވަނައިގައެވެ.
ގުޅުންހުރި

އޭޝިއަން މާސްޓަރސް އެތްލެޓިކްސް މުބާރާތުގެ 5000 މިޓަރު ދުވުމުން ތިންވަނަ ހުސީއަށް

އޭޝިއަން މާސްޓާރސްގައި ވާދަކުރާ ރާއްޖޭގެ މާސްޓާރސް އެތްލެޓިކްސް ޓީމު އިންޑިއާއަށް ދިއުމަށް ފުރައިފި

ބޮޑުތަފާތަކުން ވެލެންސިއާ ބަލިކޮށް މާޒިޔާ އިން ފަސް ޕޮއިންޓަށް ލީޑު ފުޅާކޮށްފި





