logoEN
Sto top
 ފަތުރުވެރިކަން ކުރިއަރުވައި ތިމާވެށި ރައްކާތެރިކުރުމަށް ބީއެމްއެލްގެ ދައުރު އިތުރުކުރުމަށް މަޝްވަރާކޮށްފި

ފަތުރުވެރިކަން ކުރިއަރުވައި ތިމާވެށި ރައްކާތެރިކުރުމަށް ބީއެމްއެލްގެ ދައުރު އިތުރުކުރުމަށް މަޝްވަރާކޮށްފި

އަހުމަދު ޝުރާއު

logo

3/12/2025, 9:55:34 AM

# ފަތުރުވެރިކަމާ ބެހޭ ވުޒާރާ

--

ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް، ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފާ ބައްދަލުކުރައްވައިފިއެވެ.

Wamco

ޓުއަރިޒަމް އެންޑް އެންވަޔަރަމެންޓު މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި ފަތުރުވެރިކަމުގެ ދާއިރާ ތަރައްޤީކުރުމާއި ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތްތަކުގައި ބޭންކުގެ ދައުރު އިތުރުކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރެވުނު ކަމަށެވެ.

އެގޮތުން މި ބައްދަލުވުމުގައި މިނިސްޓަރ ޠާރިޤް އިބްރާހީމް ދެއްކެވި ވާހަކަފުޅުގައި، ފަތުރުވެރިކަމުގެ ދާއިރާއަކީ ރާއްޖޭގެ އިޤްތިޞާދުގެ މައި ލޮލުކަމަށްވާތީ، މި ދާއިރާ އިތުރަށް ކުރިއެރުވުމަށް ބޭންކް އޮފް މޯލްޑިވްސްގެ އެހީތެރިކަން ވަރަށް މުހިންމުކަން ފާހަގަކުރެއްވި އެވެ. އަދި ތިމާވެށި ރައްކާތެރިކުރުމަކީ ދެމެހެއްޓެނިވި ތަރައްޤީއަށް ކޮންމެހެން ބޭނުންވާ ކަމެއްކަމަށް ފާހަގަކުރެއްވިއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށާއި ތިމާވެށި ރައްކާތެރިކުރުމަށް އެ ބޭންކުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެކަމަށާއި އަދި މިކަމަށް ޚާއްޞަ ލޯނު ސްކީމްތަކެއް ތަޢާރަފުކުރުމަށް ވިސްނަމުންދާކަމަށެވެ.

މި ބައްދަލުވުމުގައި ދެފަރާތުން އެއްބަސްވެފައިވަނީ، ކުރިއަށް އޮތްތާގައި މި ދެ ދާއިރާއަށް އަމާޒުކޮށްގެން އިތުރު މަޝްވަރާތައް ކުރިއަށް ގެންދިއުމަށާއި މީގެ އިތުރުން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމަށްޓަކައި ގުޅިގެން މަސައްކަތްކުރުމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC