logoEN
Sto top
ފެރީ ޓާމިނަލްތަކުގެ ހިދުމަތް ހޯދަން ލޯންޗް ފެރީގެ ޚިދުމަތް ފޯރުކޮށްދޭ 7 ފަރާތަކުން ޝައުގުވެރިކަންފާޅުކޮށްފި

ފެރީ ޓާމިނަލްތަކުގެ ހިދުމަތް ހޯދަން ލޯންޗް ފެރީގެ ޚިދުމަތް ފޯރުކޮށްދޭ 7 ފަރާތަކުން ޝައުގުވެރިކަންފާޅުކޮށްފި

އަހުމަދު ޝުރާއު

logo

3/11/2025, 5:03:30 PM

# އެމްޓީސީސީ

--

ރަށްރަށަށް ދިއުމަށް ލޯންޗު ފެރީގެ ޚިދުމަތް ހޯއްދަވާ ރައްޔިތުންނަށް މާލެއަށް އަރައިފޭބުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް އެމްޓީސީސީގެ ފެރީ ޓާމިނަލްތައް އެފަރާތްތަކަށް ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ހުޅުވާލި ފުރުސަތުގައި ލޯންޗު ފެރީގެ ހިދުމަތްދޭ 7 ފަރާތަކުން ޓާމިނަލްތައް ބޭނުންކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފި އެވެ.

Wamco

އެމްޓީސީސީން މިރޭ ބުނީ ރަށްރަށަށް ދިއުމަށް ލޯންޗު ފެރީގެ ޚިދުމަތް ހޯއްދަވާ ރައްޔިތުންނަށް މާލެއަށް އަރައިފޭބުމުގައި މިވަގުތު ތަހައްމަލު ކުރާން ޖެހިވަޑައިގެންފައިވާ ތަކުލީފަށް ލުޔެއް ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހާއްސަ އިރުޝާދުގެ ދަށުން އެމްޓީސީސީގެ މައި ހިއްސާދާރު ކަމަށްވާ ދިވެހި ސަރުކާރުން ވަނީ ހުސްވި ހަފުތާގައި އެކުންފުންޏާއި ހަވާލުކުރުމާއި އެކު އެކަމަށް އަވަސް ހައްލެއް ގެނައުމުގެ ގޮތުން, އެކުންފުނީގެ ފަރާތުން އޮޕަރޭޓްކުރަމުން އަންނަ ހެންވޭރު އަދި ހުޅުމާލޭ ފެރީ ޓާމިނަލ،ް މާލެ އާއި އަތޮޅުތެރެއާ ދެމެދު ލޯންޗް ފެރީގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ބޭނުން ކުރެވޭނެ އިންތިޒާމު ހަމަޖައްސައި އެ ފުރުސަތު ދިނުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

އެގޮތުން ހެންވޭރު އަދި ހުޅުމާލެ ފެރީ ޓާމިނަލް ބޭނުން ކުރުމަށް ޝައުޤުވެރިކަން ފާޅުކުރަން ހުޅުވާލި ފުރުސަތުގައި ލޯންޗް ފެރީގެ ޚިދުމަތް ފޯރުކޮށްދޭ 7 ފަރާތަކުން ވަނީ ޝައުޤުވެރިކަން ފާޅުކޮށްފައިވާކަން އެމްޓީސީސީން ވަނީ ހާމަކޮށްފައި އެވެ. އޭގެ ތެރޭގައި އދ. އަތޮޅުގެ ފެންފުށި , މާމިގިލި, އަދި ދިއްދޫ , ކ. އަތޮޅުގެ މާފުށި, ގުރައިދޫ, ގުޅި, ގާފަރު އަދި ކާށިދޫ, ބ. އަތޮޅުގެ ތުޅާދޫ, ހިތާދޫ, ގޮއިދޫ, ފެހެންދޫ އަދި ފުޅަދޫއަށް ލޯންޗް ފެރީގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތައް ހިމެނޭކަމަށްވެސް އެކުންފުނިން ބުނެއެވެ.

View post on Twitter

އެމްޓީސީސީން އަންދާޒާކުރާގޮތުގައި މިހާރު ޝައުޤުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކާއެކު މި ޚިދުމަތް ފެށުމާއެކު ދުވާލަކު ޖުމުލަ 15 ލޯންޗް ފެރީއަށް އެ ޓާމިނަލުން ޚިދުމަތް ދެވޭނެއެވެ. އެއީ ގާތްގަނޑަކަށް 2000 ފަސިންޖަރުންނެވެ. ޚިދުމަތް ރޭވިފައިވާ ގޮތަށް ބަލާއިރު ހެންވޭރު ޓާމިނަލުން އެއްފަހަރާ 5 ލޯންޗަށް ކައިރި ކުރެވޭނެ ޖާގަ އަދި ހުޅުމާލޭ ފެރީ ޓާމިނަލުން އެއްފަހަރާ 3 ލޯންޗަށް ކައިރި ކުރެވޭނެ ޖާގަ މި ޚިދުމަތަށް ވާނީ ޚާއްސަކުރެވިފައެވެ. އަދި ކޮންމެ އުޅަނދަކަށްވެސް އެ އުޅަނދު ޖެޓީއަށް ލަފާ ހިސާބުން ފެށިގެން ފުރުމާއި ދެމެދު 30 މިނިޓުގެ ވަގުތެއް ލިބޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

ދަތުރުވެރީން ޓާމިނަލަށް އައިސް ފުރުމާއި ދޭތެރޭ މަޑުކޮށްލުމަށް ހާއްސަ ސަރަހައްދެއް ޓާމިނަލް ތެރޭ އިންތިޒާމުކުރެވޭނެކަމަށާއި އަދި ދަތުރުވެރީންގެ ފަސޭހައަށް ޓަކައި ޓާމިނަލްގެ ފާޚާނާ ޚިދުމަތް އަދި ބޯފެން ލިބުމުގެ އިންތިޒާމްވެސް ހަމަޖެހިފައި ހުންނާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން އިތުރަށް ބުނީ ޓާމިނަލްގެ ޚިދުމަތް ބޭނުން ކުރައް ވާ ފަރާތްތަކާއި އާންމު ރައްޔިތުންގެ ފަރާތުން ލިބޭ ޚިޔާލާއި މަޝްވަރާއަށް ބަލައި ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުންމަތީ އެކުންފުނިން އަބަދުވެސް ދެމިއޮންނާނެކަމުގެ ޔަޤީންކަންވެސް ދޭ ކަމަށެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside