
ޢިއްޒުއްދީން ފާލަމުގެ މަސައްކަތުގައި އަަމަލީ ގޮތުން ބައިވެރިވި އެމްޓީސީސީގެ މުވައްޒަފުންގެ އަގު ވަޒަންކޮށްފި
# އެމްޓީސީސީ--
މިދިޔަ ބުރާސްފަތިދުވަހުގެރޭ ހުޅުވި ޢިއްޒުއްދީން ފާލަމުގެ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވި އެމްޓީސީސީގެ ހީވާގި މުވައްޒަފުން ކޮށްދީފައިވާ މިންނެތް މަސައްކަތުގެ އަގުވަޒަންކޮށްފިއެވެ.

އަގުވަޒަންކުރުމަށް ހާއްސަކޮށް ބޭއްވި ޙަފުލާ އޮތީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.
ޢިއްޒުއްދީން ފާލަން އަލުން ތަރައްޤީކުރުމުގައި ޢަމަލީގޮތުން ބައިވެރިވި އެންމެހައި މުވައްޒަފުންނަށް މި ޙަފުލާގައި ވަނީ ހަނދާނީ ލިޔުން ދީފައިއެވެ. ކުންފުނީގެ ބޯޑުގެ ޗެއާމަން އާއި ޑިރެކްޓަރުންނާއި މޭނޭޖްމަންޓް ޓީމު ބައިވެރިވެވަޑައިގެންނެވި މި ހަފުލާގައި މުވައްޒަފުންނަށް އަގުވަޒަންކުރުމުގެ ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރު (ރިޓަޔަޑް) ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު ސައުދީ އެވެ.
މި ޙަފުލާގައި މެނޭޖިންގ ޑިރެކްޓަރު (ރިޓަޔަޑް) ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު ސައުދީ ދެއްކެވި ވާހަކަފުޅުގައި, ފާލަން އަލުން ތަރައްޤީކުރުމުގައި މުވައްޒަފުން ދެއްކި ވަރުގަދަ ޢަޒުމާއި ހިތްވަރު ފާހަގަކުރައްވައި އެ މުވައްޒަފުން ކޮށްދިން އަގުހުރި މަސައްކަތަށް ތަޢުރީފުކުރައްވާފައިވެއެވެ.
ދިވެހީންގެ ޤައުމިއްޔަތު ރަމްޒުކޮށްދޭ ޢިއްޒުއްދީން ފާލަން އަލުން ތަރައްޤީކުރުމުގެ މަޝްރޫޢު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާއިން އެމްޓީސީސީއާ ހަވާލުކުރުމާ ގުޅިގެން މި މަޝްރޫޢުގެ އަމަލީ މަސައްކަތް އެ ކުންފުނިން ފެށީ ހުސްވި 2024 ވަނަ އަހަރުގެ މެއިމަހުގެ ތެރޭގައެވެ.
ރަސްމީ ދަތުރުފުޅުތަކުގައި ރާއްޖެއަށް ޒިޔާރަތްކުރައްވާ ބޭރު ޤައުމުތަކުގެ އިސްވެރީންނާއި އިއްޒަތްތެރީން މާލެއަށް ފައިބައިވަޑައިގަތުމަށް ބޭނުންފުޅުކުރައްވާ ޢިއްޒުއްދީން ފާލަމަކީ ދިވެހި ރާއްޖޭގެ ޢިއްޒަތާއި ސިޔާދަތާއި ދިވެހީންގެ އަމިއްލަވަންތަކަން ރަމުޒުކޮށްދޭ މުހިންމު ބިނާއެކެވެ. މި ފާލަން އިހުގެ ގޮތަށް އަލުން ތަރައްޤީކޮށް ނިންމާލިއިރު ފާލަން ޒީނަތްތެރިކުރުމަށް ޓަކައި ބޭނުންކޮށްފައި ހުރި ވަޑާމުގެ ވަރަށް ގިނަ މަސައްކަތްތަކަކީ އެ ކުންފުނީގެ މުވައްޒަފުން ކުންފުނީގެ ވޯކްޝޮޕްތަކުގައި ކޮށްފައިވާ އެ މުވައްޒަފުންގެ ފަންނުވެރިކަން ވަރަށް ފުރިހަމަޔަށް ދައްކުވައިދޭ މަސައްކަތްތަކެކެވެ.
ގުޅުންހުރި

ނުވަ ރަށެއްގައި ސިއްހީ އިންފްރާސްޓްރަކްޗަރ ގާއިމްކުރުމުގެ މަސައްކަތް އެމްޓީސީސީ, ފެނަކަ އަދި އާރްޑީސީއަށް!

ފެރީ ޓާމިނަލްތަކުގެ ހިދުމަތް ހޯދަން ލޯންޗް ފެރީގެ ޚިދުމަތް ފޯރުކޮށްދޭ 7 ފަރާތަކުން ޝައުގުވެރިކަންފާޅުކޮށްފި

ރައީސްގެ ޚާއްސަ އިރުޝާދުގެ ދަށުން ހުޅުމާލެއާއި ހެންވޭރު ފެރީ ޓާމިނަލްތައް ލޯންޗު ފެރީތަކަށް ހުޅުވާލަނީ
