logoEN
Sto top
ރައީސްގެ ޚާއްސަ އިރުޝާދުގެ ދަށުން ހުޅުމާލެއާއި ހެންވޭރު  ފެރީ ޓާމިނަލްތައް ލޯންޗު ފެރީތަކަށް ހުޅުވާލަނީ

ރައީސްގެ ޚާއްސަ އިރުޝާދުގެ ދަށުން ހުޅުމާލެއާއި ހެންވޭރު ފެރީ ޓާމިނަލްތައް ލޯންޗު ފެރީތަކަށް ހުޅުވާލަނީ

އަހުމަދު ޝުރާއު

logo

3/6/2025, 5:12:07 PM

# އެމްޓީސީސީ

ހެންވޭރު ފެރީ ޓާމިނަލް - ފޮޓޯ : ސަން

ރަށްރަށަށް ދިއުމަށް ލޯންޗު ފެރީގެ ޚިދުމަތް ހޯއްދަވާ ރައްޔިތުންނަށް މާލެއަށް އަރައިފޭބުމުގައި ދިމާވަމުންދާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް މާލެ ސަރަހައްދުގެ ދެ ފެރީ ޓާމިނަލްއެއް ލޯންޗް ފެރީތަކަށް ހުޅުވާލަން ނިންމައިފި އެވެ.

Wamco

މިކަން ހާމަކޮށް އެމްޓީސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރަށްރަށަށް ދިއުމަށް ލޯންޗު ފެރީގެ ޚިދުމަތް ހޯއްދަވާ ރައްޔިތުންނަށް މާލެއަށް އަރައިފޭބުމުގައި މިވަގުތު ތަހައްމަލު ކުރާ ތަކުލީފަށް ލުޔެއް ހޯދައިދިނުމަށް, ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހާއްސަ އިރުޝާދުގެ ދަށުން އެކުންފުނީގެ މައި ހިއްސާދާރު ކަމަށްވާ ދިވެހި ސަރުކާރުން މިއަދު އެކުންފުންޏާ ހަވާލުކޮށްފައިވާ ކަމަށެވެ.

މިއާއި އެކު އެ ކަމަށް އަވަސް ހައްލެއް ގެނައުމުގެ ގޮތުން, އެކުންފުނީގެ ފަރާތުން އޮޕަރޭޓްކުރަމުން އަންނަ ހެންވޭރު އަދި ހުޅުމާލޭ ފެރީ ޓާމިނަލް މާލެ އާއި އަތޮޅުތެރެއާ ދެމެދު ލޯންޗް ފެރީގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ބޭނުން ކުރެވޭނެ އިންތިޒާމު ހަމަޖައްސައި އެ ފުރުސަތު ދިނުމަށް ނިންމާފައިވާކަމަށް އެމްޓީސީސީން ބުނެއެވެ.

މިކަމާއި ގުޅިގެން މިއަދު ގެޒެޓު ކުރި އިއުލާނުގައި އެކުންފުނީން ބުނީ މާލެ އާއި އަތޮޅުތެރެއާ ދެމެދު ލޯންޗް ފެރީގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ތެރެއިން, ހެންވޭރު އަދި ހުޅުމާލެ ފެރީޓާމިނަލްގެ ފަޅު ބޭނުންކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 10 މާރިޗު 2025 ވަނަ ދުވަހުގެ 14:00ގެ ކުރިން mv.com.mtcc@tsd އަށް އީމެއިލް މެދުވެރިކޮށް އެކަން ހުށަހެޅުއްވުމަށް އެދޭ ކަމަށެވެ.

އެމްޓީސީސީގެ މި ދެ ފެރީ ޓާމިނަލަކީ މި ފަދަ ޚިދުމަތްތަކަށް ފައްކާކުރެވިފައިވާ ދެތަން ކަމަށް ވާއިރު އާންމު ލޯންޗު ފެރީގެ ޚިދުމަތް ހޯއްދަވާ ރައްޔިތުންނަށް މި ދެ ޓާމިނަލްގެ ބޭނުން ކުރެވޭނެ ގޮތް ހެދުމަށް ސަރުކާރުން ނިންމުމަކީ އެ ކަމުގެ ސަބަބުން ރައްޔިތުންނަށް ބޮޑު ލުޔެއް ލިބިގެންދާނޭ ކަމެއް ކަމަށް ދެކޭކަމަށް އެމްޓީސީސީން ވަނީ ބުނެފައި އެވެ.

މި ދެ ޓާމިނަލްގައި މި ޚިދުމަތް ފެށިގެންދާއިރ،ު ރައްޔިތުންނަށް ފަސޭހަ ނިޒާމެއްގެ ތެރެއިން ކަންކަން އިންތިޒާމުވެފައި ހުރުމަކީ އެ ކުންފުނިން ކަށަވަރު ކުރާނޭ ކަމެއްކަންވެސް ވަނީ ފާހަގަކޮށްފައި އެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside