logoEN
Sto top
32 ރަށެއްގެ ވޭސްޓް މެނޭޖްމަންޓް އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމަށް ވެމްކޯއަށް!

32 ރަށެއްގެ ވޭސްޓް މެނޭޖްމަންޓް އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމަށް ވެމްކޯއަށް!

އަހުމަދު ޝުރާއު

logo

3/10/2025, 9:34:14 AM

# ވެމްކޯ

--

ރާއްޖޭގެ 32 ރަށެއްގައި ކުންޏާއި ވަޞީލަތްތައް މެނޭޖްކުރާ މަރުކަޒުތައް ގާއިމުކުރުމުގެ މަސައްކަތް ވެމްކޯއާއި ހަވާލުކޮށްފި އެވެ.

Wamco

މިއަދު އޮތް ޚާއްސަ ރަސްމިއްޔާތެއްގައި މިކަމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެންވަޔަރަމެންޓު މިނިސްޓަރު ތޯރިގް އިބްރާހިމް އެވެ. އަދި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރު މުޖުތަބާ ޖަލީލް އެވެ.

އެނަވަޔަރަމެންޓު މިނިސްޓްރީން މިއަދު ބުނީ މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، މި ހިނގާ 2025 ވަނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ރަށަކަށް އެކަށޭނެ ކުނި މެނޭޖްކުރާނޭ ނިޒާމާއި ވަސީލަތްތައް ގާއިމުކޮށްދެއްވާނެ ކަމަށް އިޢުލާނުކުރައްވާފައި ކަމަށާއި އެ އަމާޒަށް ވާޞިލުވުމަށްޓަކައި އެ މިނިސްޓްރީން ކުރިއަށްގެންދާ "މަގޭސާފު ރާއްޖެ ޕްރޮގްރާމް" ގެ ތެރެއިން، މިއަދު ވެމްކޯއާއެކު ސޮއިކޮށްފައިވަނީ ރާއްޖޭގެ 32 ރަށެއްގައި ކުންޏާއި ވަޞީލަތްތައް މެނޭޖްކުރާ މަރުކަޒުތައް ގާއިމުކުރުމަށް ކަމަށެވެ.

އަދި މިދިޔަ ފެބްރުވަރީ މަހުގެ ތެރޭގައިވެސް 2 ރަށެއްގައި ކުންޏާއި ވަސީލަތްތައް މެނޭޖްކުރާ މަރުކަޒު ޤާއިމުކުރުމުގެ މަސައްކަތް ވެމްކޯއާއި ވަނީ ޙަވާލުކުރެވިފައިކަން ފާހަގަކޮށް މިނިސްޓްރީން ބުނީ މިއަދު ޙަވާލުކުރެވުނު 32 ރަށާއި އެކު ޖުމްލަ 34 ރަށެއްގައި ވޭސްޓް މެނޭޖްމަންޓް އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމުގެ މަސައްކަތް ވެމްކޯއިން ކުރިއަށް ގެންދާނެ ކަމަށާއި އަދި މިމަސައްކަތް މިއަހަރުގެ 3 ވަނަ ކްއާޓަރގެ ނިޔަލަށް ނިންމުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ މިނިސްޓްރީން ހަދާފައިވާ އެސެސްމަންޓްތަކުން ދައްކާ ގޮތުގައި ރައީސް މުއިއްޒު އިޢުލާނުކުރައްވާފައިވާ އަމާޒަށް ވާސިލްވުމަށްޓަކައި، 128 ރަށެއްގައި ކުނި މެނޭޖްކުރުމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ގާއިމުކުރުމަށް ނުވަތަ އަޕްގްރޭޑް ކުރަންޖެހެއެވެ. މިއާއި އެކު ބާކީ ހުރި ރަށްތަކުގެ މަސައްކަތްވެސް ސަރުކާރު ހިއްސާވާ އެހެން ކުންފުނިތަށް ކަމަށްވާ ފެނަކަ, އެމްޓީސީސީ އަދި އާރްޑީސީއާ ހަވާލުކުރުމުގެ މަސައްކަތް އެމިނިސްޓްރީން ދަނީ މަސައްކަތް ކުރަމުންނެވެ.

ރައްކާތެރި އަދި ދެމެހެއްޓެނެވި ގޮތެއްގައި ކުނި މެނޭޖްކުރުމުގެ ނިޒާމުތައް މުޅިރާއްޖޭގައި ގާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ވަރަށް ގާތުން ބައްލަވަމުން ގެންދަވާ މަސައްކަތެއްކަމަށް މިނިސްޓްރީން ބުނެއެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside