
--
އިންޓަނެޓް މެދުވެރިކޮށް ހިންގާ ކުށްތަކުން ރައްޔިތުން ރައްކާތެރިކުރުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އއ. ބޮޑުފޮޅުދޫގައި ސައިބަރ ސޭފްޓީ އެވެއާނަސް ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

މި ހިނގާ މާރިޗު މަހުގެ 9 ވަނަ ދުވަހު މި ސެޝަންކުރިއަށް ގެންގޮސްފައިވަނީ ސައިބަރ ކްރައިމް ސެންޓަރާއި ބޮޑުފޮޅުދޫ ޕޮލިސް ޕޯސްޓު އަދި ކައުންސިލު އިދާރާ ގުޅިގެން ބޮޑުފޮޅުދޫ ސްކޫލުގެ ބެލެނިވެރިންނަށެވެ.
މި ސެޝަނުގައި، ދަރިން ފޯނު ބޭނުންކުރާގޮތް މޮނީޓަރކުރާނެ ގޮތްތައް ކިޔައިދީފައިވެއެވެ. އަދި ރައްކާތެރިކަމާ އެކު އިންޓަނެޓް ބޭނުންކުރާނެގޮތާއި، އާންމުކޮށް ބޭނުންކުރާ އެޕްލިކޭޝަންތަކުގައި ހުރި ރަނގަޅު އަދި ނުރަނގަޅު ކަންކަން ބުނެދީފައިވެއެވެ. އަދި މި އެޕްލިކޭޝަންތައް ރަނގަޅުގޮތުގައި ބޭނުންކުރާނެ ގޮތް ކިޔައިދީ ސައިބަރ ސްކޭމަރުން ބޭނުންކުރާ އުކުޅުތައް ބުނެދީ، އެ ކަންކަމުން ރައްކާތެރިވެ ތިބުމަށް ކުރެވިދާނެ ކަންކަން ކިޔައިދީފައިވެއެވެ.
މީގެ އިތުރުން، ސޯޝަލް މީޑިއާ އެޕްލިކޭޝަންތަކާއި އީމެއިލްގެ ޓޫ-ފެކްޓަރ އޮތެންޓިކޭޝަން ހަދާނެގޮތް ދަސްކޮށްދީފައިވެއެވެ.
ގުޅުންހުރި

ސަލާމަތީ ބާރުތަކުގެ ޚާއްސަ އޮޕަރޭޝަން: މިހާތަނަށް 3 މީހަކު ހައްޔަރަށް!

ގައުމީ ސަލާމަތާއި ގުޅޭ އޮޕަރޭޝަނާއި ބެހޭ ބަޔާން ޑިލީޓްކޮށްފި: ފުލުހުން ބުނަނީ އިތުރަށް ވެރިފައި ކުރަނީކަމަށް!

އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ގައުމީ ސަލާމަތާއި ގުޅުން ހުރި ހާއްސަ އޮޕަރޭޝަނެއް ފަށައިފި
