
ސަލާމަތީ ބާރުތަކުން ކުރިޔަށްގެންދާ ޚާއްސަ އޮޕަރޭޝަން : ފޮޓޯ - އެމްވީ ކްރައިސިސް
ސަލާމަތީ ބާރުތަކުން މިރޭ ފެށި ކުއްލި އޮޕަރޭޝަންގައި މިހާތަނަށް 3 މީހަކު ހައްުޔަރުކޮށްފި އެވެ.

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކީ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތާއި ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރު ގުޅިގެން ގައުމީ ސަލާމަތާ ގުޅުން ހުރި ހާއްސަ އޮޕަރޭޝަނެއް ފެށީ މިރެއެވެ. މި އޮޕަރޭޝަން ކުރިޔަށްދަނީ މާލެ ސަރަހައްދުގައި އެވެ.
މި އޮޕަރޭޝަނާއި ގުލޭގޮތުން ފުލުހުން ދާދި ދެންމެ އަކު ނެރުނު ކުރު ބަޔާނެއްގައި ބުނީ މިރޭ ފެށި ގައުމީ ސަލާމަތާ ގުޅުން ހުރި އޮޕަރޭޝަންގެ ތެރެއިން މިހާތަނަށް 3 މީހަކު ހައްޔަރުކޮށް އެމީހުންނާއި ގުޅުންހުރި ބައެއް ތަންތަން ބަލާފާސްކުރަމުންދާ ކަމަށެވެ.
އަދި މި އޮޕަރޭޝަން ކުރިޔަށްދާވަރަކުން އިތުރު މައުލޫމާޔު ހާމަކުރާނެކަންވެސް ފުލުހުން ވަނީ ހާމަކޮށްފައި އެވެ.
މި ހަބަރަކީ ނިއުޅެމުންދާ ހަބަރެއް ކަމުން އިތުރު ތަފްސީލް ލިބެމުންދާވަރަކަށް އަޕްޑޭޓްކުރެވިގެންދާނެ އެވެ.
ގުޅުންހުރި

ރިސޯޓުތަކުގައި ބޭނުންކޮށް އުކާލާ ތެޔޮ ވިއްކާކަމުގެ ތުހުމަތުގައި ހުޅުމާލެ އިން ބަޔަކު ހައްޔަރުކޮށްފި

ކުރެންދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

މާލޭގެ ގެއެއްގެ ސިޑިގޮޅިން ވެއްޓި ބިދޭސީއަކު މަރުވެއްޖެ





