logoEN
Sto top
އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ގައުމީ ސަލާމަތާއި ގުޅުން ހުރި ހާއްސަ އޮޕަރޭޝަނެއް ފަށައިފި

އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ގައުމީ ސަލާމަތާއި ގުޅުން ހުރި ހާއްސަ އޮޕަރޭޝަނެއް ފަށައިފި

އަހުމަދު ޝުރާއު

logo

3/10/2025, 5:50:42 PM

# ދިވެހި ފުލުހުންގެ ޙިދުމަތް

ސަލާމަތީ ބާރުތަކުން ކުރިޔަށްގެންދާ ޚާއްސަ އޮޕަރޭޝަން : ފޮޓޯ - އެމްވީ ކްރައިސިސް

ރާއްޖޭގެ ސަލާމަތީ ބާރުތަކުގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ގައުމީ ސަލާމަތާއި ގުޅުން ހުރި ހާއްސަ އޮޕަރޭޝަނެއް ފަށައިފި އެވެ.

Wamco

ފުލުހުން މިރޭ ކުއްލި ގޮތަކަށް ނެރުނު ބަޔާނެއްގައި ބުނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކީ ގުޅިގެން މިރޭ ދިވެހި ފުލުހުންގެ ހިދުމަތާއި ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރު ގުޅިގެން ގައުމީ ސަލާމަތާ ގުޅުން ހުރި ހާއްސަ އޮޕަރޭޝަނެއް މާލެ ސަރަހައްދުގައި ކުރިއަށް ގެންދާ ކަމަށެވެ. ނަމަވެސް މި އޮޕަރޭޝަނާ ބެހޭ އެއްވެސް ތަފްސީލެއް ހާމަނުކޮށް ފުލުހުން ބުނެފައިވަނީ "މި އޮޕަރޭޝަނާ ގުޅޭ މައުލޫމާތު ލިބުނު ވަރަކުން ހާމަކުރަމުން ގެންދާނެ." ކަމަށެވެ.

އިތުރު ބައެއް މަސްދަރުތަކުން މައުލޫމާތު ލިބޭގޮތުގައި ސަލާމަތީ ބާރުތައް "އެލާޓަށް" އައިސްފައިވަނީ ނިރުބަވެރި ހަމަލާއެއްގެ އިންޓެލިޖެންސް މައުލޫމާތަކާއި ގުޅިގެންނެވެ. ނަމަވެސް ސަލާމަތީ ބާރުތަކުން އަދި މިކަން ކަށަވަރުކޮށްނުދެއެވެ.

މި ބަޔާން ނެރުނުތާ އިރުކޮޅެއްގެ ތެރޭގައި ފުލުހުންގެ މީސް މީޑީއާ މަންސަތަކުން އެ ބަޔާން މިހާރު ވަނީ ޑިލީޓްކޮށްފައެވެ.

ޕޯސްޓު ޑިލީޓްކުރުމަށްފަހު ފުލުހުންގެ މީޑިއާ ގްރޫޕުގައި ފުލުހުންގެ މިޑިއާ އޮފިޝަލް ވިދާލުވީ މީސް މީޑިއާ މަންސަތަކުގައި އެއިދާރާއިން ކުރިން ހިއްސާކުރި ބަޔާން ވަގުތީ ގޮތުން ޑިލީޓްކޮށްފައިވަނީ ބައެއް ނާޒުކު ތަފްސީލުތައް ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުންދާތީއެވެ. ސައްހަ އަދި އިތުބާރު ހިފޭ މައުލޫމާތެއް ފޯރުކޮށްދިނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އަދި އެކަމުގެ ތަފްސީލް ކަށަވަރުކުރެވޭހާ އަވަހަކަށް އިތުރު އަޕްޑޭޓްތައް މީޑިއާއާ ހިއްސާ ކުރާނެ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

މި ހަބަރަކީ ނިއުޅެމުންދާ ހަބަރެއް ކަމުން އިތުރު ތަފްސީލް ލިބެމުންދާވަރަކަށް އަޕްޑޭޓްކުރެވިގެންދާނެ އެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside