logoEN
Sto top
ފަހަތުން އަރައި ވެސްޓް އެންޑުން ގްރީން ސްޓްރީޓް ބަލިކޮށްފި

ފަހަތުން އަރައި ވެސްޓް އެންޑުން ގްރީން ސްޓްރީޓް ބަލިކޮށްފި

ހަސަން ޝަމްއޫން

logo

3/9/2025, 10:35:26 PM

# ގާފު ބޮންތި ބީޗު ހޭންޑްބޯޅަ ޗެލެންޖް 2025# ދިވެހި ކުޅިވަރު

ވެސްޓް އެންޑާއި ގްރީން ސްޓްރީޓް ވާދަކުރި މެޗުގެ ތެރެއިން.... ފޮޓޯ: ގާފު ސްޕޯޓްސް

މިހާރު ކުރިއަށްދާ ގާފު ބޮންތި ބީޗު ހޭންޑްބޯޅަ ޗެލެންޖް 2025 އަންހެން ޑިވިޝަން ގުރޫޕް އޭގައި އާދިއްތަ ދުވަހުގެ ރޭ ކުޅުނު ދެވަނަ މެޗުގައި ވެސްޓް އެންޑާއި ގްރީން ސްޓްރީޓް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އެސްޓް އެންޑުން މުބާރާތުގެ ސެމީފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ.

Wamco

މުބާރާތުގައި ވެސްޓް އެންޑް ކުޅުނު ފުރަތަަމަ މެޗުގައި ވައްޓަފާޅިއާ ވާދަކޮށް ސީދާ ދެ ސެޓުން މޮޅުވިއިރު، ގްރީން ސްޓްރީޓްގެ ފުރަތަަމަ މެޗުގައި ޑޭޓޯނާ އަތުން ސީދާ ދެ ސެޓުން އެޓީމު ވަނީ ބަލިވެފައެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ސެޓް ހަތަރު ޕޮއިންޓްގެ ލީޑަކާއެކު 8-12 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ގްރީން ސްޓްރީޓުންނެވެ. ނަމަވެސް ޖެހިގެންއައި ދެވަނަ ސެޓް ވާދަވެރި ކުޅުމަކަށްފަހު 10-11 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ވެސްޓް އެންޑުން ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.

މިއާއެކު މެޗުގެ ނަތީޖާ ނެރުމައްޓަކައި ކުޅުނު ޝޫޓް އައުޓް ސެޓް ވާދަވެރި ކުޅުމަކަށްފަހު 5-6 ގެ ނަތީޖާއަކުން ވެސްޓް އެންޑުން ކާމިޔާބުކުރިއިރު، މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސްޓް އެންޑްގެ ފާތުމަތު ރާޔާ ރަމީޒް އެވެ.

މިނަތީޖާއެކު ކުޅުނު ދެމެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާއެކު ގުރޫޕްގެ އެއްވަނައިގައި ވެސްޓް އެންޑް އޮތްއިރު، މިމެޗުން ބަލިވި ގްރީން ސްޓްރީޓް ކުޅުނު ދެމެޗުން ވެސް ބަލިވެފައިވާއިރު، ޕޮއިންޓެއް ނުލިބި އެޓީމު މިވަގުތު އޮތީ ގުރޫޕްގެ ފުލުގައެވެ.

7 މެއި 2025 އިން 15 މެއި 2025 ގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދާ މިމުބާރާތުގެ އަންހެން ޑިވިޝަނުގައި އަށް ޓީމަކުން ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށްދަނީ ބައިވެރިވި އަށް ޓީމު ދެގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ސެމީފައިނަލަށް ހޮވޭގޮތަށެވެ.

ޗެންޕިއަން ޓީމަށް 8،000 އަދި ރަނަރަޕް ޓީމަށް 4،000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅާފައިވާ މިމުބާރާތުގެ ޓައިޓަލް ސްޕޮންސަރ އަކީ ގާފު އެވެ. މީގެ އިތުރުން މިމުބާރާތުގެ ސްޕޮންސަރުންގެ ތެރޭގައި މެމީ މޯލްޑިވްސް، ހޭންޑްބޯޅަ ނޭޝަން، ގަނޑުވަރު މޮބައިލް، އެޗްޑީސީ، އެޑިޓް ފެބްރިކޭޝަން އަދި މޮރޯ މޯލްޑިވްސް ހިމެނޭއިރު، މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside