.webp&w=3840&q=75)
އަންގާރަ ދުވަހުން ފެށިގެން ސަރުކާރުން ހަދިޔާކުރާ މަސްކޭސް މާލޭގައި ދޫކުރާނީ މިފްކޯގެ މަސްފިހާރަތަކުން!
# މިފްކޯ--
އަންނަ އަންގާރަ ދުވަހުން ފެށިގެން ސަރުކާރުން ހަދިޔާކުރާ މަސްކޭސް މާލޭގައި ދޫކުރާނީ މިފްކޯގެ މަސްފިހާރަތަކުންކަން ހާމަކޮށްފި އެވެ.

މިކަން ހާމަކުރެއްވީ ސަރުކާރުން ހަދިޔާކުރާ މަސްކޭސްތައް ދޫކުރުމުގެ ކަންކަމާއި ހަވާލުވެފައިވާ އިދާރީ ދާއިރާތަކާއި ސިޓީތަކާއި އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފް އުމަރު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެވެ.
އެގޮތުން ވަޒީރު ވިދާޅުވީ މިހާތަނަށް އައިއިރު، މާލެ ސަރަޙައްދުގައި 48 ހާސް ގޭބިސީއަށް ވަނީ ރޯދަ ހަދިޔާ ފޯރުކޮށްދެވިފައިވާ ކަމަށާއި 9 މާޗް (މިރޭ) އަދި 10 މާޗް ވަނަ ދުވަހުގެރޭ މިހާރެކޭ އެއްގޮތަށް 13 މަރުކަޒުގައި ރޯދަ ހަދިޔާ ދޫކުރުން ކުރިޔަށްދާނެ ކަމަށެވެ.
ނަމަވެސް ގިނަ ފަރާތްތަކަކަށް ރޯދަ ހަދިޔާ ދޫކުރެވިފައިވުމާއެކު، މާޗް 11 ވަނަ ދުވަހުން ފެށިގެން، ރޯދަ ހަދިޔާ ދޫކުރާނީ މިފްކޯގެ ފިހާރަތަކުން ކަމަށާއި މާލެ އަދި ހުޅުމާލޭގައި ހުރި މިފްކޯގެ 4 ފިހާރަ ހުޅުވިފައި ހުންނަ ގަޑި ތަކުގައި ދޫކުރުން ކުރިޔަށްދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
އަދި ރޯދަ ހަދިޔާ ދޫކުރާ މަރުކަޒުތައް 11 ވަނަ ދުވަހުން ފެށިގެން ބަދަލުވީ ނަމަވެސް، ދޫކުރުން ކުރިޔަށްދާނީ މިހާރެކޭ އެއްގޮތަށް، އޮންލައިން ޓޯކަން ނިޒާމުގެ ތެރެއިންކަން ވަޒީރު ފާހަގަކުރެއްވި އެވެ. އަދި މި މަސްކޭސްތައް ބޭނުންވާ ހުރިހާ ފަރާތްތަކަށް ލިބެންދެން ކުރިޔަށްދާނެކަންވެސް ފާހަގަކުރެއްވި އެވެ.
ރޯދަ ހަދިޔާއަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޚާއްޞަ ވަޢުދުފުޅެއްގެ ގޮތުގައި މި ދިޔަ އަހަރުން ފެށިގެން، ދިވެހި އެންމެހައި ރައްޔިތުންނަށް ސަރުކާރުން ދެއްވަން ފެއްޓެވި ހަދިޔާއެކެވެ.
ގުޅުންހުރި

ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތަށް ފަހިކޮއްދިނުމަށް އެންސީއެސް އަދި މިފްކޯ އިން މަޝްވަރާކޮއްފި
.webp&w=3840&q=75)
އަންގާރަ ދުވަހުން ފެށިގެން ސަރުކާރުން ހަދިޔާކުރާ މަސްކޭސް މާލޭގައި ދޫކުރާނީ މިފްކޯގެ މަސްފިހާރަތަކުން!

މިފްކޯގެ އައު ސީއީއޯއަކަށް ބްރިގޭޑިއަރ ޖެނެރަލް (ރޓ) ފަރުޙަތު ޝަޙީރު
