
މާލޭގެ ގެއަކަށް ވަދެ އެގޭގެ ވެރިފަރާތަށް ބިރުދައްކައި އަނިޔާކުރި 4 ޒުވާނަކު ހައްޔަރަށް!
# ދިވެހި ފުލުހުންގެ ޙިދުމަތް--
މާލޭގެ ގެއަކަށް ބަޔަކު ވަދެ އެގޭގެ ވެރިފަރާތަށް ބިރުދައްކައި، އެ ގެއަށް ގެއްލުންދިން މައްސަލައިގައި 4 ޒުވާނަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ ގަލޮޅުގައި ހުންނަ ގެއެއްގެ ވެރިފަރާތަށް ބިރުދައްކައި އިންޒާރުދީފައިވާ ކަމަށް ބުނެ އެ އިދާރާއަށް ރޭގެ ވަގުތެއްގައި ރިޕޯޓުކޮށްފައިވާ ކަމަށާއި އަދި އެގެއަށް ރޭ 12:45 އެހާކަންހާއިރު 4 މީހަކު ވަދެ ގެއްލުން ދީފައިވާ މައްސަލައާއި ގުޅިގެން އެމީހުން ކުށުގެ ވެށީން ހައްޔަރު ކޮށްފައިވާ ކަމަށެވެ.
މިމައްސަލައާއި ގުޅިގެން ހައްޔަރު ކޮށްފައިވަނީ ރީތިހިޔާ، އއ. މާޅޮސް، މުހައްމަދު އަފްލާހް (23އ)، އެލަސް، ނ. ވެލިދޫ، އިބްރާހިމް އަހްނަފް (21އ)، ހަވޭލީ، ނ. މަނަދޫ، މުހައްމަދު އަޒަން (23އ)ގެ އިތުރުން ފަޒާ، ތ. ގުރައިދޫ، އަލީ ނަވާފު (21އ)އެވެ.
އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް އެމީހުން ބަންދު ކުރުމަށް ކޯޓުން އަމުރު ކޮށްފައިވާ ކަމަށާއި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ގުޅުންހުރި

ސަލާމަތީ ބާރުތަކުގެ ޚާއްސަ އޮޕަރޭޝަން: މިހާތަނަށް 3 މީހަކު ހައްޔަރަށް!

ގައުމީ ސަލާމަތާއި ގުޅޭ އޮޕަރޭޝަނާއި ބެހޭ ބަޔާން ޑިލީޓްކޮށްފި: ފުލުހުން ބުނަނީ އިތުރަށް ވެރިފައި ކުރަނީކަމަށް!

އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ގައުމީ ސަލާމަތާއި ގުޅުން ހުރި ހާއްސަ އޮޕަރޭޝަނެއް ފަށައިފި
