logoEN
Sto top
ކާށީގެ އަގު ތިރިކުރުމަށް އެސްޓީއޯއިން ވިޔަފާރިވެރިންނަށް ކާށި އިމްޕޯޓުކޮށްދެނީ

ކާށީގެ އަގު ތިރިކުރުމަށް އެސްޓީއޯއިން ވިޔަފާރިވެރިންނަށް ކާށި އިމްޕޯޓުކޮށްދެނީ

އަހުމަދު ޝުރާއު

logo

3/9/2025, 8:15:47 AM

# އެސްޓީއޯ

--

ރާއްޖޭގެ ބާޒާރުގައި ކާށީގެ އަގު ވަރަށް ބޮޑެުވެގެން ގޮސްފައިވާއިރު ކާށީގެ އަގު ތިރިކުރުމަށްޓަކައި ވިޔަފާރިވެރިންނަށް ކާށި އިމްޕޯޓުކޮށްދިނުމަށް އެސްޓީއޯއިން ނިންމައިފި އެވެ.

Wamco

އެސްޓީއޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ 2025 ވަނަ އަހަރުގެ ރަމަޟާން މަހަށް އިކޮނޮމިކް މިނިސްޓްރީއާ ގުޅިގެން އެސްޓީއޯއިން ވެފައިވާ ޚާއްޞަ ތައްޔާރީތަކުގެ ދަށުން ބާޒާރުގެ އާންމު ކާބޯތަކެތީގެ އަގުތަކަށް އަންނަ ބަދަލުތައް ބަލައި އަގުތައް ހިފެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށާއި މިހާރު ބާޒާރުގައި ކާށީގެ އަގު ވަނީ ބޮޑުތަނުން މައްޗަށް ގޮސް، ކާއްޓެއްގެ އަގު ހުރީ 40 އާއި 60 ރުފިޔާއާ ދެމެދުގައި ކަމަށެވެ. މި އަގުތައް މިހެން ހުރިތާ މިހާރު ހަފްތާއެއްހާ ދުވަސްވެ، އާންމުންގެ ކަންބޮޑުވުން އިތުރުވެފައިވާ ކަމަށާއި އެހެންކަމުން، އެސްޓީއޯ މެދުވެރިވެ ރާއްޖޭގެ ބާޒާރަށް ދިމާވެފައިވާ ކާށީގެ ސަޕްލައި ޝޯޓޭޖް ހައްލުކުރުމަށް މަސައްކަތް ދަނީ ކުރެވެމުން ކަމަށް އެކުންފުނިން ބުނެއެވެ.

އެގޮތުން ކާށީގެ އަގު ތިރިކުރުމަށް އެސްޓީއޯއިން ވަނީ ޕީޕަލްސް ޗޮއިސް މެދުވެރިކޮށް ކިލޯއެއް 20 ރުފިޔާގެ ރޭޓުން ސީދާ އާންމުންނަށް ކާށި ވިއްކަން ފަށާފައިކަން ފާހަގަކޮށް އެކުންުފނިން ބުނީ އުފެދޭ ޑިމާންޑާ އެއްވަރަށް ކާށީގެ އިތުރު ސްޓޮކްތައްވެސް އަންނަނީ ބާޒާރަށް ނެރެމުން ކަމަށެވެ. އަދި މީގެ އިތުރުން ބާޒާރުގެ އަގުތައް ތިރިކުރުމަށްޓަކައި ވިޔަފާރިވެރިންނަށް ބޭނުންވާ މިންވަރަށް ކާށި އިމްޕޯޓްކޮށްދިނުމަށް ނިންމައި، ކާށީގެ ސްޓޮކް ބުކްކުރުމުގެ ފުރުޞަތު މިހާރު ވަނީ ހޯލްސޭލަރުންނަށް ހުޅުވާލެވިފައި ކަމަށް އެސްޓީއޯއިން ބުނެއެވެ.

"މިކަމުގެ ބޭނުމަކީ ރާއްޖޭގެ ބާޒާރަށް މިވަގުތު ބޭނުންވެފައިވާ ކާށީގެ ޖުމްލަ ޑިމާންޑް ދެނެގަނެ، އެއާ އެކަށޭނަ މިންވަރަށް ސަޕްލައި އިތުރުކުރުމެވެ" އެސްޓީޢޯގެ ބަޔާނުގައި ބުންޏެވެ.

ކާށީގެ ސްޓޮކް ހޯއްދެވުމަށް ޝައުޤުވެރިވާ ހޯލްސޭލް ވިޔަފާރިވެރިންނަށް، އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ 3012575 ނަންބަރަށް ގުޅުއްވުމުގެ އިތުރުން 7291124 އަށް ވައިބަރ މެސެޖް ކޮށްގެންވެސް ބުކްކުރެވޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

އަދި ކާށިގެ ޝިޕްމެންޓް ކޮންމެ 10 ދުވަހަކުން ބުކިން ލިބޭވަރަކަށް ގެނެވޭނެ ކަމަށާއި އެކަށީގެންވާ އަގެއްގައި އެސްޓީއޯގެ ގުދަނާހަމައަށް ގެނެސްދީ ނެގޭނޭ އިންތިޒާމުތައް ހަމަޖައްސައިދެވޭނެކަންވެސް ވަނީ ފާހަގަކޮށްފައި އެވެ.

އަދި މުދަލަށް ފައިސާ ދައްކަންޖެހޭނީ ދިވެހި ރުފިޔާއިން އަދި ޝިޕްމަންޓް އައުމުން ކަން ފާހަގަކޮށް އެސްޓީއޯއިން ބުނީ މި ޚިދުމަތުގެ މައިގަނޑު މަޤްޞަދަކީ، ބޭރު ފައިސާ ހޯދުމުގެ ދަތިކަމާއި، މުދާ އެތެރެކުރުމުގައި ދިމާވާ އެހެނިހެން ގޮންޖެހުންތަކަށް ޙައްލު ހޯދައިދިނުމާއެކު، ރާއްޖޭގެ ބާޒާރަށް ބޭނުންވާ މިންވަރަށް އާންމު ވިޔަފާރިތަކަށް ހުރަސް ނޭޅޭނޭހެން އަދި އާންމު ރައްޔިތުންނަށް ފަސޭހަވާނޭހެން ކާށި ފޯރުކޮށްދިނުން ކަމަށެވެ.

އެސްޓީއޯއިން މީގެ ކުރިންވެސް ވަނީ މިފަދަ ދަތި ހާލަތްތަކުގައި މެދުވެރިއެއްގެ ދައުރު އަދާކޮށްފައެވެ. މީގެ ތެރޭގައި 2023-2024 ވަނަ އަހަރު ދުނިޔޭގެ ބާޒާރުގައި ދިމާވި ފިޔާގެ ދަތިކަން ޙައްލުކުރުމަށް އެހީތެރިވެދިނުން ފާހަގަކުރެވެއެވެ. އެކުންފނީގެ މިހާރުގެ މިހާރުގެ އަމާޒަކީ ހޯލްސޭލަރުންނަށް ފަސޭހަކަމާއެކު ކާށި އެތެރެކޮށްދީ، އެކަށީގެންވާ އަގެއްގައި އާންމު ރައްޔިތުންނަށް ކާށި ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ. ރާއްޖޭގެ ބާޒާރަށް ދިމާވާ މިފަދަ ކޮންމެ ލޮޅުމެއްގައި އާންމު ވިޔަފާރިވެރިންގެ ފަރާތުން ލިބޭ އެއްބާރުލުން އެސްޓީއޯއިން ޝުކުރުވެރިކަމާއެކު ބަލައިގަނެއެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside