logoEN
Sto top
ފުރަތަަމަ މެޗުގައި ވައްޓަފާޅި އަތުން ވެސްޓްއެންޑަށް ފަސޭހަ މޮޅެއް

ފުރަތަަމަ މެޗުގައި ވައްޓަފާޅި އަތުން ވެސްޓްއެންޑަށް ފަސޭހަ މޮޅެއް

ހަސަން ޝަމްއޫން

logo

3/8/2025, 1:15:25 PM

# ގާފު ބޮންތި ބީޗު ހޭންޑްބޯޅަ ޗެލެންޖް 2025# ދިވެހި ކުޅިވަރު

ވެސްޓް އެންޑް ސްޕޯޓްސް ކުލަބާއި ވައްޓަފާޅި ސްޕޯޓްސް ކުލަބު ވާދަކުރި މެޗުގެ ތެރެއިން..

މިހާރު ކުރިއަށްދާ ގާފު ބޮންތި ބީޗު ހޭންޑްބޯޅަ ޗެލެންޖް 2025 އަންހެން ޑިވިޝަން ގުރޫޕް އޭގައި ހުކުރު ދުވަހުގެ ރޭ ކުޅުނު ދެވަނަ މެޗުގައި ވެސްޓް އެންޑް ސްޕޯޓްސް ކުލަބާއި ވައްޓަފާޅި ސްޕޯޓްސް ކުލަބު ވާދަކުރި މެޗު ފަސޭހަކަމާއެކު ސީދާ ދެ ސެޓުން ކާމިޔާބުކޮށް ވެންޓް އެންޑުން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

Wamco

މުޅި މެޗުގައި ވެސް މޮޅަށް ކުޅެ ވެސްޓް އެންޑުން މެޗު ޑޮމިނޭޓްކުރިއިރު، މެޗުގެ ފުރަތަަމަ ސެޓް އެޓީމުން ކާމިޔާބުކުރީ ފަސް ލަނޑުގެ ލީޑަކާއެކު 8-3 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ ސެޓުގައި ދެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މިސެޓް ވެސްޓް އެންޑުން ކާމިޔާބުކުރީ ހަތް ލަނޑުގެ ލީޑަކާއެކު 8-15 ގެ ނަތީޖާއަކުންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސްޓް އެންޑްގެ ތީބާ އަބްދުއްﷲ އެވެ.

7 މެއި 2025 އިން 15 މެއި 2025 ގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދާ މިމުބާރާތުގެ އަންހެން ޑިވިޝަނުގައި އަށް ޓީމަކުން ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށްދަނީ ބައިވެރިވި އަށް ޓީމު ދެގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ސެމީފައިނަލަށް ހޮވޭގޮތަށެވެ.

ޗެންޕިއަން ޓީމަށް 8،000 އަދި ރަނަރަޕް ޓީމަށް 4،000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅާފައިވާ މިމުބާރާތުގެ ޓައިޓަލް ސްޕޮންސަރ އަކީ ގާފު އެވެ. މީގެ އިތުރުން މިމުބާރާތުގެ ސްޕޮންސަރުންގެ ތެރޭގައި މެމީ މޯލްޑިވްސް، ހޭންޑްބޯޅަ ނޭޝަން، ގަނޑުވަރު މޮބައިލް، އެޗްޑީސީ، އެޑިޓް ފެބްރިކޭޝަން އަދި މޮރޯ މޯލްޑިވްސް ހިމެނޭއިރު، މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside