
ވާދަވެރި ކުޅުމަކަށްފަހު ސްކަވެންޖާސް ބަލިކޮށް ފުރެންޑްސް ކުލަބުން ފެށުން ރަނގަޅުކޮށްފި
# ދިވެހި ކުޅިވަރު # މަރަދޫ ސްޓްރީޓް ސޮކާ ޗެލެންޖް 2025މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ފްރެންޑްސް ކުލަބުގެ އަލީ ނާފިއު (ކ)
މިހާރު ކުރިއަށްދާ "މަރަދޫ ސްޓްރީޓް ޗެލެންޖް 2025" ގުރޫޕް ޑީގައި، ހުކުރު ދުވަހުގެ ރޭ ކުޅުނު ދެވަނަ މެޗުގައި ސްކަވެންޖާސް އާއި ފުރެންޑްސް ކުލަބު ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ފްރެންޑްސް ކުލަބުން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ފްރެންޑްސް ކުލަބުން މެޗު ޑޮމިނޭޓް ކުރިއިރު، އެޓީމުގެ ހަމައެކަނި ލަނޑު މިހާފުގައި ކާމިޔާބުކުރީ އަލީ ނާފިއު އެވެ. އަދި މިހާފުގައި އެޓީމަށް ތިން ޕެނަލްޓީ ލިބުނު ނަމަވެސް އެއިން އެއްވެސް ޕެނަލްޓީއެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ.
މެޗުގެ ދެވަނަ ހާފުގައި ސްކަވެންޖާސް އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިހާފުގައި އެޓީމުން ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އަދި މިހާފުގައި އެޓީމަށް ވަނީ ޕެނަލްޓީއެއްވެސް ލިބި ބޭނުންކުރެވޭ ގޮތްނުވެފައެވެ.
މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ފްރެންޑްސް ކުލަބު ކުރީގައި އޮވެގެންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފްރެންޑްސް ކުލަބުގެ އަލީ ނާފިއު އެވެ.
6 މާރިޗު 2025 އިން 24 މާރިޗު 2025 ގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގައި މިއަހަރު ޖުމްލަ 16 ޓީމަކުން ވާދަކުރަމުން އަންނައިރު، މުބާރާތް ކުރިއަށްދަނީ ބައިވެރިވި 16 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ލިބިގެންދާނެ އެވެ.
ޗެންޕިއަން ޓީމަށް 20،000 އަދި ރަނަރަޕް ޓީމަށް 10,000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ މި މުބާރާތުގެ މެއިން ސްޕޮންސަރ އަކަށް ނައިން ސިކްސްޓީން އިންވެސްޓްމަންޓް ހަމަޖައްސާފައިވާއިރު، ކޯސްޕޮންސަރުންގެ ގޮތުގައި ނަޔާ ސެލޫން، އައި . އެން ޑެއިލީ ރޫމް އަދި އެމްޖީއެޗް އައިލެންޑް ޓްރާންސްޕޯޓް ޕްރައިވެޓް ލިމިޓެޑް ވާނީ ހަމަޖައްސާފައެވެ. އަދި މުބާރާތުގެ އޮފިޝަލް ޖާޒީ ޕާޓްނަރަކަށް މަލްހީ އެމްވީ ހަމަޖައްސާފައިވާއިރު، އޮފިޝަލް މެޗް ބޯލް ޕާޓްނަރަކީ މާކީއެމްވީ އެވެ. އަދި އޮފިޝަލް މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.
ގުޅުންހުރި

ސީދާ ތިން ސެޓުން ޓްރިޕަލް ވެއާ ބަލިކޮށް ގޯޅިން މުބާރާތް ފެށީ އިތުބާރާއެކު

ދެވަނަ ހާފުގެ ބޮޑުބައި އެކަކު މަދުކޮށް ކުޅެ ގަބުރު އެފްސީ އިން އަމިގޯސް މޮޅުވިޔަނުދީ ހިފަހައްޓައިފި

މައިލޯ ސިޓީއާ ފްރެންޑްސް ކުލަބުގެ ފޯރިގަދަ ކުރިމަތިލުން އެއްވަރު
