logoEN
Sto top
ކުޑަހުވަދޫ ކައުންސިލް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަން ތަށި ވިދުވަރުން ދިފާއުކޮށްފި

ކުޑަހުވަދޫ ކައުންސިލް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަން ތަށި ވިދުވަރުން ދިފާއުކޮށްފި

ހަސަން ޝަމްއޫން

logo

3/11/2025, 1:30:00 AM

# ކުޑަހުވަދޫ ކައުންސިލް ވޮލީބޯޅަ މުބާރާތް 2025# ދިވެހި ކުޅިވަރު

ވިދުވަރު އެސްސީ ކުލަބު ޔޫޓީ ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ކުޑަހުވަދޫ ކައުންސިލް

މިހާރު ކުރިއަށްދާ ކުޑަހުވަދޫ ކައުންސިލް ވޯލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަން ފައިނަލުގައި ހޯމަ ދުވަހުގެ ރޭ ކުލަބު ޔޫޓީ އާއި އެންމެ ފަހުގެ ޗެންޕިއަން ވިދުވަރު ސްޕޯޓްސް ކުލަބު ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 3-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ވިދުވަރުން މުބާރާތުގެ ތަށި ދިފާއުކޮށްފިއެވެ.

Wamco

ވިދުވަރު ސްޕޯޓްސް ކުލަބު މުބާރާތުގެ ފައިނަލުން ޖާގަހޯދީ ލީގުބުރުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ، ލީގުބުރުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި ކުލަބު ޔޫޓީ ފައިނަލުން ޖާގަހޯދީ ލީގުބުރުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެމެޗުން މޮޅުވެ ހަ ޕޮއިންޓާއެކު ލީގުބުރުގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އަދި މިދެޓީމު ލީގު ބުރުގައި ވާދަކުރި މެޗު 3-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ކުލަބު ވިދުވަރުންނެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ސެޓް ތިން ޕޮއިންޓްގެ ލީޑަކާއެކު 22-25 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ކުލަބު ޔޫޓީ އިންނެވެ. ނަމަވެސް ޖެހިގެން އައި ދެސެޓް ކާމިޔާބުކޮށް ވިދުވަރުން މެޗުގެ ކޮންޓްރޯލް ހޯދިއެވެ. އެގޮތުން މެޗުގެ ދެވަނަ ސެޓް 26-24 ގެ ނަތީޖާއަކުން ކާމިޔާބުކުރިއިރު، ތިންވަނަ ސެޓް އެޓީމުން ކާމިޔާބުކުރީ ފަސް ޕޮއިންޓްގެ ލީޑަކާއެކު 20-25 ގެ ނަތީޖާއަކުންނެވެ

ނަމަވެސް މެޗުގެ ހަތަރުވަނަ ސެޓުގައި ހަތަރު ޕޮއިންޓްގެ ލީޑަކާއެކު 21-25 ގެ ނަތީޖާއަކުން މިސެޓް ކާމިޔާބުކޮށް ކުލަބު ޔޫޓީ އިން މެޗުގެ ނަތީޖާ އެއްވަރުކުރިއެވެ. މިއާއެކު މެޗުގެ ނަތީޖާނެރުމަށް ކުޅެވުނު 15 ޕޮއިންޓްގެ ފަސްވަނަ ސެޓް ފަސޭހަކަމާއެކު 6-15 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ވިދުވަރުން ވަނީ މުބާރާތުގެ ޗެންޕިއަންކަން ހޯދާފައެވެ. އަދި ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވިދުވަރު ސްޕޯޓްސް ކުލަބުގެ ޝަމާއިލް ހުސެއިން އެވެ.

މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނުނު ކުޅުންތެރިންނަކީ އިސްމާއިލް ސާޖިދު (ކުލަބު ޔޫޓީ)، މުހައްމަދު އަހުސަން (ކުލަބު ޔޫޓ)، ކަވިޝްކާ (ކުލަބު ޕީކޭ)، ޝަމާއިލް ހުސެއިން (ވިދުވަރު އެސްސީ)، އަހުމަދު މުޒްލިފު (ވިދުވަރު އެސްސީ)، އަހުމަދު އަޒީމް( ވިދުވަރު އެސްސީ) އަދި އަހުމަދު ސޮބާހް ޝާތިރު (ވިދުވަރު އެސްސީ) އެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޝަމާއިލް ހުސެއިން (ވިދުވަރު އެސްސީ) އެވެ.

މީގެ އިތުރުން މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނި އެންމެ މޮޅު ލިބަރޯގެ މަގާމު އަހުމަދު މުޒްލިފު (ވިދުވަރު އެސްސީ) ހޯދިއިރު، މިއީ މުޒްލިފު މި މުބާރާތުގެ އެންމެ ލިބަރޯގެ މަގާމު ޖެހިޖެހިގެން ހޯދި ތިންވަނަ ފަހަރެވެ.

4 މެއި 2025 އިން 10 މެއި 2025 ގެ ނިޔަލަށް ކުރުއަށްދާ މިމުބާރާތުގެ ފިރިހެން ޑިވިޝަނުގައި މިއަހަރު ހަތަރު ޓީމަކުން ވާދަކުރިއިރު، މިޑިވިޝަނުގެ މެޗުތައް ގެންގޮސްފައި ވަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ދެޓީމު ފައިނަލަށް ހޮވޭގޮތަށެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside