
ވޯލްޑް ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ސަމިޓުގައި ރާއްޖެއިން ބައިވެރިވެއްޖެ
# އެންވަޔަރަމަންޓް މިނިސްޓްރީ--
ދުނިޔޭގެ ދެމެހެއްޓެނިވި ތަރައްޤީއަށް މަގުފަހިކުރުމަށް ބޭއްވުނު ވޯލްޑް ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ސަމިޓް 2025 ރާއްޖެއިން ބައިވެރިވެއްޖެ އެވެ.

މި ސަމިޓުގައި ރާއްޖެ ތަސްމީލުކުރެއްވީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓުގެ ސްޓޭޓް މިނިސްޓަރ ޑރ. މުޢާވިޔަތު އެވެ.
އެގޮތުން ސްޓޭޓް މިނިސްޓަރ ޑރ. މުޢާވިޔަތު މުޙައްމަދު ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން އެޑެޕްޓޭޝަން ހަރަކާތްތަކުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. މިގޮތުން އެމަނިކުފާނުވިދާޅުވީ، "އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި، އެޑެޕްޓޭޝަން ހަރަކާތްތަކާއި، މާލީ އެހީތެރިކަމާއި، އަދި ސަރުކާރުތަކާއި ސަރުކާރު ނޫން ފަރާތްތަކާ ދެމެދު އޮންނަ ގުޅުންތަކަކީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަވަސްކުރުމަށާއި، ހަމަހަމަކަން ކުރިއެރުވުމަށް ވަރަށް މުހިންމު ކަންތައްތަކެކެވެ."މި ސަމިޓުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަތީ "މަލްޓިލެޓަރަލިޒަމް އޮން ދަ ރޯޑް ޓު ކޮޕް 30 އެންޑް ކޮޕް 33" މި ނަމުގައި ބޭއްވުނު ޕެނަލް ޑިސްކަޝަނެއްގައެވެ.
މި ޕެނަލް ޑިސްކަޝަންގައި ޑރ. މުޢާވިޔަތު އިސްކަމެއް ދެއްވީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެއްބާރުލުން އިތުރުކުރުމުގެ މުހިންމުކަމަށެވެ. އަދި ކުރިއަށް އޮތް ކޮޕް 30 އާއި ކޮޕް 33 ގައި މި މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ.
ވޯލްޑް ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ސަމިޓް 2025 ގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ޢަދަދެއްގެ ސަރުކާރުތަކާއި، ޖަމްޢިއްޔާތަކާއި އަދި ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޖަމާޢަތްތައް ބައިވެރިވިއެވެ. މި ސަމިޓުގެ މައިގަނޑު މަޤްޞަދަކީ ދެމެހެއްޓެނިވި ތަރައްޤީއަށް މަގުފަހިކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާކުރުމެވެ.
ގުޅުންހުރި

ވޯލްޑް ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ސަމިޓުގައި ރާއްޖެއިން ބައިވެރިވެއްޖެ

ސަރަޙައްދީ 3އާރު އަދި ސަރކިއުލަރ އިކޮނޮމީ ފޯރަމްގައި ރާއްޖެއިން ބައިވެރިވެއްޖެ

ރާއްޖޭގެ ތިންވަނަ ކްލައިމެޓް އެކްޝަން ޕްލޭން އ.ދގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ މުޢާހަދާއަށް ހުށަހަޅައިފި
