logoEN
Sto top
ޕީކޭ އަތުން މޮޅުވެ ކުލަބު ޔޫޓީ އިން ފެށުން ރަނގަޅުކޮށްފި

ޕީކޭ އަތުން މޮޅުވެ ކުލަބު ޔޫޓީ އިން ފެށުން ރަނގަޅުކޮށްފި

ހަސަން ޝަމްއޫން

logo

3/6/2025, 8:38:12 AM

# ކުޑަހުވަދޫ ކައުންސިލް ވޮލީބޯޅަ މުބާރާތް 2025# ދިވެހި ކުޅިވަރު

ކުލަބު ޔޫޓީ އާއި ކުލަބު ޕީކޭ ވާދަކުރި މެޗުގެ ތެރެއިން...

މިހާރު ކުރިއަށްދާ ކުޑަހުވަދޫ ކައުންސިލް ވޯލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގައި ބުދަ ދުވަހުގެ ރޭ ކުލަބު ޕީކޭ އާއި ކުލަބު ޔޫޓީ ވާދަކުރި މެޗު ތިން ސެޓު އެއް ސެޓުން ކާމިޔާބުކޮށް ޔުޓީ އިން މުބާރާތް ފެށީ އިތުބާރާއެކު އެވެ.

Wamco

މެޗުގެ ފުރަތަަމަ ސެޓުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެމިގެންދިޔައިރު، މިސެޓް 25-27 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޔުޓީ އިންނެވެ. އަދި ދެވަނަ ސެޓު އެޓީމުން ކާމިޔާބުކުރީ ތިން ޕޮއިންޓްގެ ލީޑަކާއެކު 22-25 ގެ ނަތީޖާއަކުންނެވެ.

ޖެހިގެންއައި ތިންވަނަ ސެޓުގައި ކުލަބު ޕީކޭ އިން ވަނީ އެޓީމުގެ ކުޅުން ރަގަނޅުކޮށް ރިސީވްތަކާއެކު އެޓޭކުތައްވެސް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިސެޓް އެޓީމުން ކާމިޔާބުކުރީ ހަ ޕޮއިންޓްގެ ލީޑަކާއެކު 19-25 ގެ ނަތީޖާއަކުންނެވެ.

ނަމަވެސް މެޗުގެ ހަތަރުވަނަ ސެޓުގައި ޔޫޓީން ވަނީ ކުޅުން ރަނގަޅުކޮށް ތިން ޕޮއިންޓްގެ ލީޑަކާއެކު 22-25 ގެ ނަތީޖާއަކުން ސެޓު ކާމިޔާބުކޮށް 3-1 ގެ ނަތީޖާއަކުން މެޗުން މޮޅުވެފައެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކުލަބު ޔޫޓީގެ އިސްމާއިލް ސާޖިދު އެވެ.

4 މެއި 2025 އިން 10 މެއި 2025 ގެ ނިޔަލަށް ކުރުއަށްދާ މިމުބާރާތުގެ ފިރިހެން ޑިވިޝަނުގައި މިއަހަރު ހަތަރު ޓީމަކުން ވާދަކުރަމުން އަންނައިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށްދަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ފައިނަލަށް ހޮވޭގޮތަށެވެ.

މީގެ އިތުރުން މިމުބާރާތުގެ ޗެންޕިއަން ޓީމަށް 20،000 އަދި ރަނަރަޕް ޓީމަށް 15،000 ރުފިޔާގެ އިތުރުން ފެއާޕްލޭ ޓީމަށް 1000 ރުފިޔާ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގެ މީޑިއަރ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside