
ރަމަޟާންމަހަކީ އަމާން އަދި ރައްކާތެރި މަހެއްގެގޮތުގައި ދެމެހެއްޓުމަށް ފުލުހުންގެ ޚާއްސަ މަސައްކަތްތަކެއް!
# ދިވެހި ފުލުހުންގެ ޙިދުމަތް--
ކޮންމެ އަހަރެއްގެވެސް ރޯދަމަހަކީ މާލޭގެ މަގުތައް އިތުރަށް ހަލަބޮލިވެ، ބާޒާރު ކުރުމަށް ގިނަ ބަޔަކު ނިކުންނަ މަހެއްގެ ގޮތުގައި ފާހަގަވާއިރު ޓްރެފިކްގެ މައްސަލަ ހައްލުކުރަން ކޮންމެ ރޯދަމަހަކާ ދިމާކޮށް ފުލުހުންގެ ޚިދުމަތުން އަންނަނީ ޚާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން މި ރޯދަމަހުވެސް މުދާ އުފުލުމަށާއި އެކި ބޭނުންތަކަށް މަގުމަތީގައި ދުއްވާ އުޅަނދުތަކަށާއި، ހިނގާ ބިގާވެ އުޅޭ މީހުންނަށް ފަސޭހައިން މަގު ބޭނުން ކުރެވޭނެ ގޮތްތަކެއް ފަހި ކުރުމަށް ފުލުހުން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން މި ރަމަޟާން މަހުވެސް ދިވެހި ފުލުހުންގެ ޚިދުމަތުން މަސައްކަތް ކުރައްވަނީ އަމާން ރައްކާތެރި މާހައުލެއް ދަމަހައްޓަން ކަމަށް އެޚިދުމަތުން ވަނީ ވިދާޅުވެފައެވެ.
މި ރަމަޟާން މަހުގެ ހާއްސަ އޮޕަރޭޝަންގެ ދަށުން، ފުލުހުން މަސައްކަތް ކުރަނީ މުޖުތަމައު ރައްކާތެރިކޮށް، އަމާން ރައްކާތެރި މާހައުލެއް ދަމަހައްޓާ ދިނުމަށެވެ. އަދި އެންމެން ގުޅިގެން ކުރެވޭ މަސައްކަތުން މި ރަމަޟާން މަހަކީ އަމާން އަދި ރައްކާތެރި މަހެއްގެ ގޮތުގައި ދަމަހައްޓަން މަސައްކަތް ކުރުމަށް ފުލުހުންގެ ޚިދުމަތުން ވަނީ އާންމު ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.
ރޯދަމަހު މާލޭގައި ޓްރެފިކް އެންމެ ބާރު ބޮޑުވާ ސަރަހައްދުތަކުގައި ޓްރެފިކް މެނޭޖްކުރުމުގެ މަސައްކަތް ފުލުހުން އަބަދުވެސް ކުރަމުންދެއެވެ. އެގޮތުން މިއަހަރު ރަމަޟާން މަހުވެސް، ޚާއްސަ އިސްކަމެއް ދީގެން ބާޒާރުމަތި ސަރަޙައްދުގެ ޓްރެފިކް މެނޭޖްކުރުމުގެ މަސައްކަތް ފުލުހުން އަންނަނީ ރެއާއި ދުވާލު ބަލަހައްޓަމުންނެވެ.
ބާޒާރުމަތީ ފިހާރަތަކާއި ބޯޓު ފަހަރުތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މައުލޫމާތު ދިނުމުގެ ހަރަކާތެއް ފުލުހުން ފަށާފަވާއިރު، މާލެ ސަރަހައްދުގެ މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތުން ޚާއްސަ އޮޕަރޭޝަނެއްވެސް ވަނީ ފަށާފައެވެ.
އެގޮތުން މާލެއާއި ހުޅުމާލެ ހިމެނޭހެން މަގުތައް ޕެޓްރޯލްކުރުމާއި، އަދި ދުއްވާ އުޅަނދުތަކަށް ފަސޭހަކުރުމަށް ޓްރެފިކް ފްލޯއަށް ބައެއް ބަދަލުތައް ވަނީ ގެންނަވާފައެވެ. އެގޮތުން މިދިޔަ މަހުގެ 15ވަނަ ދުވަހުން ފެށިގެން ބާޒާރު މައްޗަށް ވަކި ޓީމެއް ކަނޑައަޅައިގެން ޕާކުކޮށްފައި ހުރި އުޅަނދުތައް ނެގުމާއި، ޕޭމަންޓާއި ޕޭމަންޓްމަތީގަ އާއި ޒޯންތަކުގައި ކުނި ބަހައްޓަފައި ހުރި ފަރާތްތަކަށް ނަސޭހަތްދިނުން ފަދަ ކަންކަން ރޭވުންތެރިކަމާއެކީ ފުލުހުން އަންނަނީ ކުރަމުންނެވެ.
އާންމު ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ފުލުހުންގެ މައްޗަށް ލާޒީމްވެފައިވާ ކަމަކަށްވާއިރު މާލޭގެ ބޮޑެތި މަގުތަކުގެ އިތުރުން ބްރިޖާއި ހައިވޭ ސަރަހައްދު އަދި ހުޅުމާލޭގައިވެސް ބާރުބޮޑުވާ ގަޑިތަކުގައި ޓްރެފިކް ފްލޯ ފުލުހުން އަންނަނީ ބަލަހައްޓަމުންނެވެ.
ފުލުހުންގެ މި މަސައްކަތަކީ ކާމިޔާބު މަސައްކަތެއްގެ ގޮތުގައި ހެދުމަށް ފުލުހުން އާންމުގެ ކިބައިން އެދެނީ ތިމާގެ ފަރިތަކަމަށްވުރެ އަނެކާގެ ނުފަރިތަކަމަށް ބަލައިގެން އެއްގަމު އުޅަނދު ދުއްވުމަށާއި ފުލުހުންގެ އަމުރަށް ރައްޔިތުން ކިޔަމަންވުމަށެވެ. އަދި ހެދިފައިވާ ޤަވާޢިދުތަކަށް ރައްޔިތުން ބޯލެނބުމަށެވެ.
ގުޅުންހުރި

ސަލާމަތީ ބާރުތަކުގެ ޚާއްސަ އޮޕަރޭޝަން: މިހާތަނަށް 3 މީހަކު ހައްޔަރަށް!

ގައުމީ ސަލާމަތާއި ގުޅޭ އޮޕަރޭޝަނާއި ބެހޭ ބަޔާން ޑިލީޓްކޮށްފި: ފުލުހުން ބުނަނީ އިތުރަށް ވެރިފައި ކުރަނީކަމަށް!

އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ގައުމީ ސަލާމަތާއި ގުޅުން ހުރި ހާއްސަ އޮޕަރޭޝަނެއް ފަށައިފި
