logoEN
Sto top
ވޭޕް ވިއްކަމުން ދިޔަ ދެތަން ރެއިޑްކޮށްފި: ބިދޭސީއަކު ހައްޔަރަށް!

ވޭޕް ވިއްކަމުން ދިޔަ ދެތަން ރެއިޑްކޮށްފި: ބިދޭސީއަކު ހައްޔަރަށް!

އަހުމަދު ޝުރާއު

logo

3/6/2025, 8:02:16 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

--

މާލޭގައި ގަވާއިދާ ހިލާފަށް ވޭފްގެ ވިޔަފާރިކުރާކަަމަށް ފުލުުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހާއްސަ އޮޕަރޭޝަނެއް ހިންގައިފިއެވެ.

Wamco

ރޭ ހިންގި މި އޮޕަރޭޝަނުގައި، ވޭޕް ވިއްކައި ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މީހަކު ދިރިއުޅޭ ތަނާއި އޭނާ މަސައްކަތްކުރާ ކެފޭ ބަލައިފާސްކޮށްފައިވެއެވެ. މި ބަލައިފާސްކުރުމުގެ ތެރެއިން 84 ވޭޕް ކާޓްރިޖްއާއި ވޭޕް ވިއްކައިގެން ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ ފައިސާ ފެނިފައިވެއެވެ

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެމްޑީ އަބޫ ސުފްޔާން، ބަނގްލަދޭޝް (27އ) އެވެ.

މީގެ އިތުރުން، ގަލޮޅުގައި ހުންނަ ފިހާރައެއްގައި ވޭޕް ވިއްކައި ވިޔަފާރިކުރާ ކަަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން އެ ފިހާރަ ބަލައިފާސްކޮށް ގިނަ އަދަދެއްގެ ވޭޕް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ.

މި އޮޕަރޭޝަނުގައި، ފުލުހުންގެ އިތުރުން ޞިއްޙީ ވުޒާރާއާއި އިޤުތިޞާދީ ތަަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާ ބައިވެރިވިއެވެ.

މި ދެ މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside