
މިފްކޯގެ އައު ސީއީއޯ
ރާއްޖޭގެ މަސްވެރިކަމާއި ބެހޭ މައި ކުންފުނި, މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ އަދި ޗީފް އެގްޒެކްޓިވް އޮފިސަރުގެ މަގާމަށް ބޭފުޅަކު އައްޔަނުކޮށްފި އެވެ.

ސަރުކާރުގެ ކުންފުނިތައް ރެގިއުލޭޓްކުރާ ބޯޑު, ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޒޭޝަން ބޯޑުން މިރޭ ބުނީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ އަދި ޗީފް އެގްޒެކްޓިވް އޮފިސަރ ކަމުގެ މަޤާމަށް މއ. އަޅިވިލާގެ، ބްރިގޭޑިއަރ ޖެނެރަލް (ރޓ) ފަރުޙަތު ޝަޙީރު އައްޔަންކޮށްފައިވާ ކަމަށެވެ.
މިފްކޯގެ އެމްޑީ އައި ސީއީއޯގެ މަގާމަށް އައްޔަނުކުރި ބްރިގޭޑިއަރ ޖެނެރަލް (ރޓ) ފަރުޙަތު ޝަޙީރުއަކީ ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗު) ގެ ސީއީއޯކަން ކުރެއްވި ބޭފުޅެކެވެ.
މިފްކޯއަށް އައު ސީއީއޯއަކު އައްޔަނުކޮށްފައިމިވަނީ އެމަގާމުގައި ކުރިން ހުންނެވި ޑޮކްޓަރ ވިޓާލީ ލިއުބިމޮވް އިއްޔެ މަގާމުން ވަކިކުރުމަށްފަހުގައި އެވެ. ޑޮކްޓަރ ވިޓާލީ ލިއުބިމޮވް އަކީ މިފްކޯގެ ތާރީހުގައި އެކުންފުނީގެ ސީއީއޯއަކަށް އައްޔަނުކުރި ބޭރުގެ ފުރަތަމަ ބޭފުޅާއެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި މިފްކޯގެ ސީއީއޯއަކަށް އައްޔަނުކުރި ޑޮކްޓަރ ވިޓާލީ ލިއުބިމޮވް ކުއްލި ގޮތަކަށް ވަކިކުރި ސަބަބެއް ޕީސީބީން ހާމައެއް ނުކުރެއެވެ.
މިއަދު އަލަށް އައްޔަނުކުރި ފަރުހަތު އަކީ ރައީސް މުއިއްޒުގެ ވެރިކަމުގައި މިފްކޯގެ ސީއީއޯއަކަށް ޕީސީބީއިން އައްޔަނުކުރި ތިން ވަނަ ސީއީއޯ އެވެ. މި ވެރިކަމުގައި މިފްކޯގެ ސީއީއޯއަކަށް ފުރަތަމަ އައްޔަނުކުރީ އަހުމަދު ސަމާހު ރަޝީދު އެވެ. ނަމަވެސް ޕީސީބީން މިދިޔަ އަހަރުގެ މޭ މަހުގެ ތެރޭގައި ސަމާހް މަގާމުން ވަކިކުރީ ސަމާހްއާއި ގުޅޭގޮތުން ކޯޕަރޭޓް ގަވަނެންސްއާ ގުޅުންހުރި މައްސަލަތަކެއް ޕީސީބީއަށް ހުށަހަޅާފައިވާތީ އެކަމުގެ ފުރިހަމަ އެންކުއަރީއެއް ކުރިޔަށްގެންދާކަން ހާމަކޮށްފައި ވަނިކޮށެވެ.
ގުޅުންހުރި

ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތަށް ފަހިކޮއްދިނުމަށް އެންސީއެސް އަދި މިފްކޯ އިން މަޝްވަރާކޮއްފި
.webp&w=3840&q=75)
އަންގާރަ ދުވަހުން ފެށިގެން ސަރުކާރުން ހަދިޔާކުރާ މަސްކޭސް މާލޭގައި ދޫކުރާނީ މިފްކޯގެ މަސްފިހާރަތަކުން!

މިފްކޯގެ އައު ސީއީއޯއަކަށް ބްރިގޭޑިއަރ ޖެނެރަލް (ރޓ) ފަރުޙަތު ޝަޙީރު
