logoEN
Sto top
އަމިއްލަ ދަނޑުގައި ރެއާލް މެޑްރިޑުން އެތްލެޓިކޯ ބަލިކޮށްފި

އަމިއްލަ ދަނޑުގައި ރެއާލް މެޑްރިޑުން އެތްލެޓިކޯ ބަލިކޮށްފި

ހަސަން ޝަމްއޫން

logo

3/5/2025, 12:30:16 AM

# ބޭރު ދުނިޔޭގެ ކުޅިވަރު# ރެއާލް މެޑްރިޑް# ޔުއެފާ ޗެމްޕިއަންސްލީގު# އެތްލެޓިކޯ މެޑްރިޑް

ރެއާލްގެ ރޮޑްރީގޯ (ވ) އެތްލެޓިކޯ ކޮޅަށް ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ

ޔުއެފާ ޗެންޕިއަންސް ލީގު ރައުންޑް އޮފް 16 ފުރަތަމަ ލެގުގައި އަންގާރަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި 2-1 ގެ ނަތީޖާއަކުން އެތްލެޓިކޯ މެޑްރިޑް ބަލިކޮށް އެންމެ ފަހުގެ ޗެންޕިއަން ރެއާލް މެޑްރިޑުން މުބާރާތުގެ ކުއާޓާ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ.

Wamco

މުބާރާތުގެ ލީގުބުރުގެ ފަސްވަނަ ޓީމުގެ ގޮތުގައި އެތްލެޓިކޯ މެޑްރިޑް ރައުންޑް އޮފް 16 އިން ޖާގަހޯދިއިރު، ރެއާލް ރައުންޑް އޮފް 16 އިން ޖާގަހޯދީ ޕްލޭއޮފްގައި 6-3 ގެ އެގްރިގޭޓް ނަތީޖާއަކުން މެންޗެސްޓާ ސިޓީ ބަލިކުރުމަށްފަހު އެވެ. އަދި މިދެޓީމުން އެންމެ ފަހުން ކުޅުނު ތިން މެޗު ވެސް ނިމިފައިވަނީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ، މިމެޗުގެ ވަރަށް ކުރީކޮޅު ރެއާލް މެޑްރިޑުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު ފުރަތަމަ ހާފު ފެށިގެން ހަތަރުވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ފޯވާޑް ރޮޑްރިގޯ އެވެ. އަދި މިއީ އުމުރުން 24 އަހަރުގެ ފޯވާޑް ޗެންޕިއަންސް ލީގުގައި ކާމިޔާބުކުރި 25 ވަނަ ލަނޑެވެ.

އެތްލެޓިކޯ މެޑްރިޑުން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ 34 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އާޖެންޓީނާ ފޯވާޑް ޖޫލިއަން އަލްވަރޭޒް އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ވަރިގަދަކޮށް ފެށީ ރެއާލް މެޑްރިޑުންނެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 54 ވަނަ މިނެޓުގައި އެޓީމުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މިމެޗުގައި ދެވަނަ ފަހަރަށް ލީޑު ހޯދާފައެވެ. އަދި މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ މޮރޮކޯ ފޯވާޑް ބްރަހީމް ޑިއާޒް އެވެ.

މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-1 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކުރީގައި އޮވެގެންނެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside