
ސީދާ ތިން ސެޓުން އަލްޓަނޭޓް ބަލިކޮށް ވިދުވަރުން މުބާރާތް ފެށީ އިތުބާރާއެކު
# ދިވެހި ކުޅިވަރު # ކުޑަހުވަދޫ ކައުންސިލް ވޮލީބޯޅަ މުބާރާތް 2025ވިދުވަރު އެސްސީ އާއި އަލްޓަނޭޓް ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ކުޑަހުވަދޫ ކައުންސިލް
މިހާރު ކުރިއަށްދާ ކުޑަހުވަދޫ ކައުންސިލް ވޯލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގައި އަންގާރަ ދުވަހުގެ ރޭ އެންމެ ފަހުގެ ޗެންޕިއަން ވިދުވަރު ސްޕޯޓްސް ކުލަބާއި އަލްޓަނޭޓް ވާދަކުރި މެޗު ފަސޭހަކަމާއެކު ސީދާ ތިން ސެޓުން ކާމިޔާބުކޮށް ވިދުވަރުން މުބާރާތް ފެށީ އިތުބާރާއެކު އެވެ.

މުޅި މެޗުގައި ވެސް ވިދުވަރުގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ސެޓް 10 ޕޮއިންޓްގެ ލީޑަކާއެކު 25-15 ގެ ތަފާތުބޮޑު ނަތީޖާއަކުން އެޓީމު ކާމިޔާބުކުރިއިރު، މެޗުގެ ދެވަނަ ސެޓް އެޓީމުން ކާމިޔާބުކުރީ އަށް ޕޮއިންޓްގެ ލީޑަކާއެކު 17-25 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ތިންވަނަ ސެޓުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިސެޓް ވިދުވަރުން ކާމިޔާބުކުރީ ހަ ޕޮއިންޓްގެ ލީޑަކާއެކު 19-25 ގެ ނަތީޖާއަކުންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވިދުވަރުން ސްޕޯޓްސް ކުލަބުގެ ޝަމާއިލް ހުސެއިން އެވެ.
4 މެއި 2025 އިން 10 މެއި 2025 ގެ ނިޔަލަށް ކުރުއަށްދާ މިމުބާރާތުގެ ފިރިހެން ޑިވިޝަނުގައި މިއަހަރު ހަތަރު ޓީމަކުން ވާދަކުރަމުން އަންނައިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށްދަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ފައިނަލަށް ހޮވޭގޮތަށެވެ.
މީގެ އިތުރުން މިމުބާރާތުގެ ޗެންޕިއަން ޓީމަށް 20،000 އަދި ރަނަރަޕް ޓީމަށް 15،000 ރުފިޔާގެ އިތުރުން ފެއާޕްލޭ ޓީމަށް 1000 ރުފިޔާ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގެ މީޑިއަރ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.
ގުޅުންހުރި

ސީދާ ތިން ސެޓުން ޓްރިޕަލް ވެއާ ބަލިކޮށް ގޯޅިން މުބާރާތް ފެށީ އިތުބާރާއެކު

ދެވަނަ ހާފުގެ ބޮޑުބައި އެކަކު މަދުކޮށް ކުޅެ ގަބުރު އެފްސީ އިން އަމިގޯސް މޮޅުވިޔަނުދީ ހިފަހައްޓައިފި

މައިލޯ ސިޓީއާ ފްރެންޑްސް ކުލަބުގެ ފޯރިގަދަ ކުރިމަތިލުން އެއްވަރު
