
8 ޓީމާއެކު ކުޑަހުވަހޫ ކައުންސިލް ވޮލީބޯޅަ މުބާރާތް މިރޭ ފަށަނީ
# ދިވެހި ކުޅިވަރު # ކުޑަހުވަދޫ ކައުންސިލް ވޮލީބޯޅަ މުބާރާތް 2025ކުޑަހުވަދޫ ކައުންސިލް ވޮލީބޯޅަ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން މުބާރާތުގެ ޓްރޮފީއާއެކު
ކުޑަހުވަދޫ ކައުންސިލްގެ ފަރާތުން އިންތިޒާމިކޮށް ބާއްވާ ހަތަރުވަނަ "ކުޑަހުވަދޫ ކައުންސިލް ވޮލީބޯޅަ މުބާރާތް" މިރޭ ފެށުމަށް ތައްޔާރުވެއްޖެ އެވެ.

ކުޑަހުވަދޫ ކައުންސިލްގެ ފަރާތުން ކައުންސިލް މެންބަރު އިސްމާއިލް ފާރިޝް ގާފު ސްޕޯޓްސްއަށް މައުލޫމާތުދިން ގޮތުގައި މިމުބާރާތަކީ 2022 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ކުޑަހުވަދޫގައި ގަވާއިދުން ބާއްވަމުން އަންނަ މުބާރާތެކެވެ. ކައުންސިލްގެ މިހިނގާ ދައުރުގެ މެނިފެސްޓޯގައި އަޅުގަނޑުމެން ހިމަނާފައިވާ ވައުދެއް ކޮންމެ އަހަރަކުވެސް މިރަށުގެ ޒުވާނުންނަށް ވޮލީގެ އިތުރުން ފުޓްބޯޅަ މުބާރާތެއް ބޭއްވުމަކީ..
އިތުރަށް ވާހަކަ ދައްކަމުން ފާރިޝް ބުނީ މިމުބާރާތުގައި ކޮންމެ ޓީމެއްގައި ރަށުން ބޭރު ތިންކުޅުންތެރިންގެ އިތުރުން ރާއްޖެއިން ބޭރުގެ ކުޅުންތެރިއަކު ހިމެނުމަށް ފުރުސަތުދީފައިވާއިރު، އޭގެ ސަބަބުން މުބާރާތުގެ ފެންވަރު ރަނގަޅުވެ، ޓީމުތަކުގެ މެދުގައި ވާދަވެރިކަން އިތުރުވެގެންދާނެކަމަށެވެ.
ދެޑިވިޝަނަކަށް ބަހާލައިގެން ކުރިއަށް ގެންދާ މިމުބާރާތުގައި މިއަހަރު ޖުމްލަ އަށް ޓީމަކުން ބައިވެރިވެފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ އަންހެން ހަތަރު ޓީމާއި، ފިރިހެން ހަތަރު ޓީމެވެ. އަދި މިދެޑިވިޝަންގެ މެޗުތައް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ފައިނަލަށް ހޮވޭގޮތަށެވެ.
އެގޮތުން މުބާރާތުގެ ފިރިހެން ޑިވިޝަންގެ މެޗުތައް މިރޭ ފެށުމަށް ހަމަޖެހިފައިވާއިރު، ފިރިހެން ޑިވިޝަންގެ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 10 ވަނަ ދުވަހުގެ ރޭ އެވެ. އަދި އަންހެން ޑިވިޝަންގެ ކުޅުން މިމަހުގެ 11 ވަނަ ދުވަހުގެ ރޭ ފަށާއިރު، މިޑިވިޝަނުގެ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހިގެ 17 ވަނަ ދުވަހުގެ ރޭ އެވެ.
މިމުބާރާތުގައި ވާދަކުރާ ދެޑިވިޝަންގެ ތެރެއިން ކޮންމެ ޑިވިޝަނެއްގެ ޗެމްޕިއަން ޓީމަށް 20،000 އަދި ރަނަރަޕް ޓީމަށް 15،000 ރުފިޔާގެ އިތުރުން ދެޑިވިޝަނުގެ ފެއާޕްލޭ ޓީމަށް 1000 ރުފިޔާ ފައިސާގެ އިނާމެއް ދިނުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.
ގުޅުންހުރި

ފަސޭހަކަމާއެކު ސީދާ ތިން ސެޓުން ޔޫބީއެމްއެލް ކުއީން ބަލިކޮށް ދާލު ބުލޫސް އިން ފެންވަރު ދައްކާލައިފި

ސީދާ ތިން ސެޓުން ޓްރިޕަލް ވެއާ ބަލިކޮށް ގޯޅިން މުބާރާތް ފެށީ އިތުބާރާއެކު

ދެވަނަ ހާފުގެ ބޮޑުބައި އެކަކު މަދުކޮށް ކުޅެ ގަބުރު އެފްސީ އިން އަމިގޯސް މޮޅުވިޔަނުދީ ހިފަހައްޓައިފި
