
ސަރަޙައްދީ 3އާރު އަދި ސަރކިއުލަރ އިކޮނޮމީ ފޯރަމްގައި ރާއްޖެއިން ބައިވެރިވެއްޖެ
# އެންވަޔަރަމަންޓް މިނިސްޓްރީ--
އިންޑިއާގެ ޖައިޕޫރު ސިޓީގައި މިހާރު ކުރިޔަށްދާ 12 ވަނަ ސަރަޙައްދީ 3އާރު އަދި ސަރކިއުލަރ އިކޮނޮމީ ފޯރަމްގައި ރާއްޖެއިން ބައިވެރިވެއްޖެ އެވެ.

މި ފޯރަމަކީ އިންޑިއާ ސަރުކާރުން ޖަޕާން، އދ.ގެ އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޮރ އޭޝިއާ އެންޑް ދަ ޕެސިފިކް (އެސްކެޕް)، އދ.ގެ ސެންޓަރ ފޮރ ރީޖަނަލް ޑިވެލޮޕްމަންޓް (ޔޫއެންސީއާރުޑީ) އަދި އދ.ގެ ޑިޕާޓްމަންޓް އޮފް އިކޮނޮމިކް އެންޑް ސޯޝަލް އެފެއާޒް (ޔޫއެންޑީއީއެސްއޭ) އާ ގުޅިގެން އިންތިޒާމުކޮށްފައިވާ ބައްދަލުވުމެކެވެ.
މި މުހިންމު ފޯރަމްގައި ދިވެހިރާއްޖެ ތަމްސީލުކުރައްވަނީ ތިމާވެށި، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓްގެ ޑެޕިއުޓީ މިނިސްޓަރ ނިޒާމެވެ. އަދި މީގެ އިތުރުން ވޭސްޓް މެނޭޖްމަންޓް ޑިޕާޓްމަންޓުގެ އިސް އޮފިޝަލުންނާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ މުވައްޒަފުން ވެސް ބައިވެރިވެވަޑައިގަންނަވައެވެ.
މި ފޯރަމްގައި ކުނި މެނޭޖްކުރުމާއި، ރިސައިކަލްކުރުމާއި، އަލުން ބޭނުންކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރެވޭނެ ކަމަށް ބެލެވެއެވެ. އަދި ސަރކިއުލަރ އިކޮނޮމީގެ މުހިންމުކަމާއި، އޭގެ ސަބަބުން ތިމާވެށްޓަށާއި އިޤްތިޞާދަށް ކުރާނެ ފައިދާތަކާ ބެހޭ ގޮތުން ވެސް މަޝްވަރާކުރެވޭނެ ކަމަށް ލަފާކުރެވެއެވެ.
ދިވެހި ސަރުކާރުގެ ފަރާތުން މިފަދަ މުހިންމު ބައްދަލުވުމެއްގައި ބައިވެރިވުމަކީ ރާއްޖޭގެ ކުނި މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ބެލެވޭ ކަމަށާއި މި ފޯރަމްގައި ހިއްސާކުރެވުރެވޭ މަޢުލޫމާތާއި ތަޖުރިބާތަކުގެ އަލީގައި ރާއްޖޭގެ ކުނި މެނޭޖްކުރުމުގެ ނިޒާމަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
ގުޅުންހުރި

ކްލައިމެޓް ޗޭންޖް ދާއިރާ އިން ސްކޮލަޝިޕް ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖެއިން ތެލަށްކުރާ ހަރަދުން އަހަރަކު 125 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ މަޝްރޫއުއެއް!

ރާއްޖޭގެ ފުރަތަމަ ބައިއެނުއަލް ޓްރާންސްޕޭރަންސީ ރިޕޯޓުގެ ޓެކްނިކަލް އެކްސްޕަރޓް ރިވިއު ފަށައިފި
