
--
ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުން އަންނަ މެލޭޝިއާއިން ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ގެއްލިގެން ހޯްދަމުން އަންނަނީ އަހުމަދު އުސައިދު އިބްރާހީމް އަފީފް ނަމަކަށް ކިޔާ މީހެކެވެ. އޭނާގެ އާއިލާއަށް އޭނާގެ ހަބަރެއް އެންމެ ފަހުން ވީ އިއްޔުެ މެލޭޝިޔާ ގަޑިން ހަވީރު 3 ހާއިރު ކަމަށް މައުލޫމާތު ލިބެއެވެ.
އުސެއިދު ގެއްލުނު ކަމުގެ ރިޕޯޓު މިހާރު އެގައުމުގައި ހުންނަ ދިވެހި އެމްބަސީއަށް ވަނީ ރިޕޯޓުކޮށްފައި އެވެ. ފޮރިން މިނިސްޓްރީން މިއަދު ބުނީ މެލޭޝިއާގައި ހުންނަ ދިވެހި ހައިކޮމިޝަނުން ދަނީ މެލޭޝިއާގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން އުސެިދު ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.
އުސެއިދު އަކީ މެލޭޝިއާގައި ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުން އަންނަ ސަންވޭ ސަރަހައްދުގައި ހުންނަ ރެސިޑެންސްއެއްގައި ދިރިއުޅެމުން އަންނަ މީހެކެވެ.
ގުޅުންހުރި

ޝެއިހް ފަރީދު އަވަހަރާވެއްޖެ

މެލޭޝިއާގެ އެންމެ ބޮޑު އެއްކުންފުނި، ބަރޖާޔާ ކޯޕަރޭޝަންގެ އެޑްވައިޒަރު، ރައީސް މުއިއްޒު އާއި ބައްދަލުކުރައްވައިފި

ރާއްޖެއިން ބޭރުގައި ފުރަތަމަ ފަހަރަށް އައިޑީކާޑާއި ދިވެހި ޕާސްޕޯޓުގެ ހިދުމަތް ފަށައިފި: ފުރަތަމަ ގައުމަކަށް މެލޭޝިއާ!
